ބޮލީވުޑްގެ މަޝްހޫރު ބަތަލާ ޕަރިނީތީ ޗޮޕްރާ ވަރަށް އަވަހަށް މީހަކާ އިންނަން އުޅޭ ކަމަށް އިންޑިއާގެ މީޑިއާތަކުން ބުނެފިއެވެ.
މިދިޔަ ދުވަސްތަކުގައި ޕަރީ އަދި އިންޑިއާގެ ސިޔާސީ ޕާޓީއެއް ކަމަށްވާ އާމް އާދްމީ ޕާޓީ (އޭއޭޕީ)ގެ ޕާލިމެންޓް މެންބަރެއް ކަމަށްވާ ރާގަވް ޗައްޑާއާއި އުޅެނީ ލޯބީގެ ގޮތުން ގުޅިގެން ކަމަށް ގިނަ ބަޔަކުވަނީ ބުނެފައެވެ.
އެގޮތުން އެދެމީހުން ވަނީ އެކުގައި މުމްބާއީ އިން ދެފަހަރަށް ފެނިފައެވެ. އެގޮތުން މިދިޔަ ހަފްތާގެ ބުދަ ދުވަހު ވަނީ ރޭގަނޑުގެ ކެއުމަކަށް ޕަރީ އަދި ރާގަވް ދިޔަތަން ޕަޕަރާޒީންނަށް ފެނިފައެވެ. މީގެއިތުރުން، ބުރާސްފަތި ދުވަހު ވެސް ދެމީހުން ވަނީ އެކުގައި ފެނިފައިވެއެވެ.
ޓައިމްސް އޮފް އިންޑިއާގައި ރިޕޯޓްކޮށްފައިވާ ގޮތުގައި، ޕަރީ އަދި ރާގަވް ކައިވެނި ކުރަން އުޅޭކަން ވަރަށް އަވަހަށް އިއުލާންކުރާނެއެވެ.