ވަރުގަދަ ކާސްޓަކާ އެކީ "ދަ ކްރޫ" ގެ ޝޫޓިން ފަށައިފިއެވެ.
ތާބޫ، ކަރީނާ ކަޕޫރު އަދި ކްރިތީ ސެނަން ލީޑްރޯލުތަކުން ފެނިގެންދާ ފިލްމު "ދަ ކްރޫ" ގެ ޝޫޓިން ފަށާފައިވަނީ މިދިޔަ ހޮނިހިރު ދުވަހެވެ.
"ދަ ކްރޫ" އަކީ ރިއާ ކަޕޫރު އަދި އެކްތާ ކަޕޫރު ޕްރޮޑިއުސްކުރާ އަދި ރާޖޭޝް ކްރިޝަން ޑައިރެކްޓްކުރާ ފިލްމެކެވެ. ކްރިތީ ފިލްމުގެ ޝޫޓިންތައް މިހާރު ފަށާފައިވާއިރު ވަރަށް އަވަހަށް ކަރީނާ އަދި ތާބޫ ވެސް ޝޫޓިންތަކުގައި ބައިވެރިވާނެއެވެ.
ކްރިތީ އެންމެ ފަހުން ފެނިގެންގޮސްފައިވަނީ ކާތިކް އާރުޔަން އާއިއެކު ފިލްމު "ޝެހްޒާދާ " އިންނެވެ.