ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު

އަމީނީ މަގުން ގަސްކަނޑާތީ އެމައްސަލަ ހުއްޓުވުމަށް  ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު  ނަޝީދު ހުށަހެޅުއްވި މައްސަލަ، އެމަނިކުފާނުގެ ފަރާތުން އަނބުރާ ގެންގޮސްފިއެވެ.

ރައީސް  ނަޝީދު  އަމީނީ  މަގުން  ގަސްކަނޑާ  މައްސަލަ  ކޯޓަށް  ހުށަހެޅީ، ގަސްތައް އުފުރމުގެ ސަބަބުން ތިމާވެއްޓާއި އާއްމު ސިއްހަތަށާއި، މޫސުމަށް ކުރާނެ ނޭދެވޭ އަސަރުތައް ރަނގަޅަށް ބަލައި ކަށަވަރު ކުރުމަކީ ޕްލޭނިންގ މިނިސްޓްރީ އާއި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ގާނޫނީ ޒިންމާއެއް ކަމަށް  ވިދާޅުވެއެވެ.

އެހެންކަމުން އެ ފަރާތުގެ މައްޗަށް އޮންނަ ތިމާވެށި ހިމާޔަތް ކުރުމުގެ ވާޖިބާ ހިލާފުވެފައިވާކަމަށް ކަނޑައަޅައި، އަމީނީ މަގުގައި ހައްދާފައިވާ ދުވަސްވީ ގަސްތައް ކެނޑުމާއި އުފުރުމާއި އަދި އެ ގަސްތަކަށް ގެއްލުންދިނުން ވަގުތުން ހުއްޓުވުމަށާއި، އެ ގަސްތައް ނުނަގައި މަގު ހެދުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް އެ ދެފަރާތުގެ މައްޗަށް އަމުރު ކޮށްދިނުމަށް ރައީސް ނަޝީދު ކޯޓުގައި ވަނީ އެދިވަޑައިގެންފައެވެ.

މީގެއިތުރުން، 15 ފެބްރުއަރީގައި ރައީސް ނަޝީދުގެ ފަރާތުނުް އެ ދައުވާ ނުވަތަ އެ ދައުވާއިން ބައެއް އަނބުރާ ގެންދިއުމަށް އެދި ކޯޓަށް ހުށަހެޅި ކަމަށް  ސިވިލް  ކޯޓުން ބުނެފައިވެއެވެ.

 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *