މާލޭ ޖަލަށް ގައިދީންތަކެއް ވައްދަނީ --

ޖަލުތަކުގައި ހިންގާ ރިހިބިލޭޓަޝަން ޕްރޮގްރާމް ފުރިހަމަ ކުރަން ޖެހޭ 300 ގައިދީން، އެ ޕްރޮގްރާމް ފުރިހަމަ ނުކޮށް އެބަތިބި ކަމަށް  ހެލްތް މިނިސްޓްރީން ބުނެފިއެވެ.

ހެލްތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޝަމާއު ޝަރީފް ވިދާޅުވީ މަސްތުވާތަކެތީގެ ހާލަތު އޮތް ގޮތް ބެލުމަށް މިނިސްޓްރީން ކުރިޔަށް ގެންދިޔަ ސާވޭއަކުން ދެއްކި ގޮތުގައި ފަރުވާ ޕްރޮގްރާމް ހިންގަން ޖެހޭ 300  މީހަކަށް އެ ޕްރޮގްރާމް ހިންގާފައިނުވާކަން ހާމަވެފައިވާ ކަމަށެވެ.

ޕީޕއެސްއެމްގެ ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުން ޝަމާއު ވިދާޅުވީ، ނޭޝަނަޝަލް ޑްރަގް އެޖެންސީގެ ފަރުވާ ޕްރޮގްރާމްތަކަށް ބެލުމުން ފާއިތުވި ތިން އަހަރު ފަރުވާއަށް ގެނައި  މީހުން ގިނަކަން އެ ދިރާސާއިން ފާހަގަ ވެފައިވާ ކަމަށެވެ. އަދި ފަރުވާއަށް ގެނައި ގިނަ މީހުންނަކީ ޖަލުތަކުގައި ތިބި މީހުން ކަމަށެވެ.

ޝަމާއު ވިދާޅުވީ މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އާއި ގުޅިގެން ކުރިޔަށް ގެންދިޔަ ސާވޭއިން ދެއްކި ގޮތުގައި ޖަލުތަކުގައި ތިބި މީހުންގެ ތެރެއިން 80 އިންސައްތަ ގައިދީންނަކީ ފަރުވާއަށް ބޭނުންވެ އެހެންނަމަވެސް ނޭޝަނަލް ޑްރަގް އެޖެންޑީ (އެންޑީއޭ) ގެ ފަރުވާނުލިބި ތިބި މީހުން ކަމަށެވެ.

ރާއްޖޭގައި މަސްތުވާތަކެތީގެ ޤާނޫނުގައި ބަޔާންކުރާ ގޮތަށް ޑްރަގް ކޯޓުން ފަރުވާއަށް ހުކރުމް ކޮށްގެން ފަރުވާ ހޯދާ މީހުން ގިނަ ކަމަށްވެސް ޝަމާއު ވިދާޅުވިއެވެ. ޝަމާއު ވިދާޅުވީ ފަރުވާގެ ކަންކަން ސިއްހީ ނިޒާމުގެ ތެރެއިން ކުރިޔަށް ގެންދިއުމަށް ނިންމުމުން އަމިއްލައަށް ފަރުވާއަށް އެދޭ މީހުންގެ އަދަދު އިތުރުވަމުން އަންނަ ކަމަށެވެ.

އަދި ފަރުވާއަށްފަހު މަސްތުވާތަކެތިން ސަލާމަތްވެގެން މުޖުތަމައަށް ދޫވުމަށްފަހު އަލުން މަސްތުވާތަކެއްޗާއި ދިމާއަށް ދާ މީހުންގެ އަދަދު އިތުރު ކަމަށްވެސް ދިރާސާއިން ދައްކާ ކަމަށް ޝަމާއު ފާހަގަ ކުރެއްވިއެވެ. ޝަމާއު ވިދާޅުވީ މި ދިރާސާއަށްފަހު ފާހަގަ ކުރެވުނު ކަންކަމުގެ ތެރޭގައި މިހާރުން މިހަރށް ރަނގަޅު ކުރަންޖެހޭ ކަންކަންވެސް އެބަހުރި ކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *