ކޮވިޑަށްފަހު ހިނގާބިނގާވެ އުޅުން މަދުވެފައިވާކަމަށް ދިރާސާތަކުން ދައްކައިފިއެވެ.

ދިރާސާއިން ދައްކާ ގޮތުގައި އެމެރިކާ މީހުން ކޮވިޑްތެރޭގައި ހިނގުން މަދުވި ހިސާބުން ފެށިގެން، އަލުން އެކަމާއި ދިމާލަށް އަދިވެސް ދެވިފައި ނެތެވެ.

ވެންޑަރބްލިޓް ޔުނިވަރސިޓީ މެޑިކަލް ސެންޓަރގެ ކާޑިޔޯވެސްކިޔުލަރ މެޑިސިންގެ އެސޯސިއޭޓް ޕްރޮފެސަރ ޑރ އީވާން ބްރިޓެއިން ބުނެފައިވާ ގޮތުގައި މިހާރު އާންމުގޮތެއްގައި މީހުންގެ ފިޔަވަޅުތަކުގެ އަދަދު އުޅެނީ ކޮވިޑްގެ ކުރިން ހިނގާފައި އުޅުން މިންވަރަށްވުރެ 600 ފިޔަވަޅު ދަށުގައެވެ.

އޭނާ ބުނާ ގޮތުގައި މިކަމުން މި ދޭހަވަނީ ކޮވިޑް-19އިން ކޮށްފައިވާ ދާއިމީ ނުރަނގަޅު އަސަރުތަކެވެ. އަދި މިކަމަށް މީހުން ހޭލުންތެރިކުރުވަން ޖެހިފައިވާ މިންވަރެވެ.

ބްރިޓެއިންގެ ދިރާސާއަށް ބޭނުންކޮށްފައިވާ މައުލޫމާތުތަކުގައިވާ ގޮތުން ދުވާލަކު 6،000 އާއި 11،000އާއި ދެމެދުގެ އަދަދަކަށް ފިޔަވަޅު ނެގުމުން އޮބޭސިޓީއަށް މަގުފަހިވުމުގެ ފުރުސަތު 64 އިންސައްތައިން ދަށްކޮށްދެއެވެ.

ކޮވިޑްގެ ކުރިންނާއި ކޮވިޑްގެ ފަހާއި އަޅާ ކިޔާއިރު ފިޔަވަޅުތައް އެންމެ ބޮޑަށް ދަށްވެފައިވަނީ އަދި އެންމެ ބޮޑު ބަދަލެއް އައިސްފައިވަނީ އުމުރުން 18 އަހަރާއި 30 އަހަރާއި ދެމެދުގެ މީހުންގެއެވެ.

އުމުރުން ދުވަސްވީ މީހުންގެ ބަދަލުގައި ޒުވާން އުމުރުގެ މީހުންގެ ފިޔަވަޅުތަކުގެ އަދަދު ދަށްވެފައި މިވަނީ ޒުވާން އުމުރުފުރައިގެ މީހުންގެ ވަޒީފާތަކަކީ މިހާރު ކޮންމެ ތާކު ތިބެގެންވެސް އަދާކުރެވޭ ވަޒީފާތަކަކަށް ވެފައިވާތީކަމަށް ބްރިޓެއިން ބުނެފައިވެއެވެ. އެހެންނަމަވެސް އުމުރުން ދުވަސްވީ މީހުންނަށް އެފަދަ ވަޒީފާތައް ލިބޭ މިންވަރު މަދުކަމަށް އޭނާ ބުނެއެވެ.

މިކަމަކީ ކަންބޮޑުވާންޖެހޭ ކަމެއްކަން ފާހަގަކޮށް ބްރިޓެއިން ބުނީ މިކަން މިގޮތަށް ކުރިއަށް ދާންވެއްޖެނަމަ ހިތުގެ ބަލިތަކާއި، އޮބޭސިޓީ އަދި ޑައިބެޓިސް (ހަކުރު ބަލި) ފަދަ ބަލިތައް ޖެހުމުގެ ފުރުސަތު ބޮޑުކަމަށެވެ.

ހިނގާވެ ބިނގާވެ އުޅުމާއި ހެލިފެލިވެ އުޅުން ކޮވިޑްގެ ކުރިއާއި އަޅާބަލާއިރު މިހާ ބޮޑަށް ދަށްވެފައިވާތީ މިކަމާއިމެދު އާންމުން ހޭލުންތެރިކުރަންޖެހޭކަމަށް އޭނާ ބުނެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *