ސޫޖީއަކީ ދިވެހިންގެ މެދުގައި ވަރަށް މަގުބޫލު ފޮނި ބުއިމެކެވެ. ޚާއްސަކޮށް ރަމަޟާން މަހު ދިވެހި ސުފުރާތައް މަތިން އާންމުކޮށް ފެންނަ ބުއިމެކެވެ.
ބޭނުންވާ ތަކެތި
- ½ ޖޯޑު ރަވާ
- ½ ޖޯޑު ފިޔާ (ކުދިކުދިކޮށް ކޮށާލާފަ)
- 2 މޭޒުމަތީ ސަމްސާ ގިތެޔޮ / ކައްކާތެޔޮ
- ⅓ ޖޯޑު ކަނަމަދު (މެދުން ފަޅާލާފަ)
- ½ ޖޯޑު ހިކިމޭބިސްކަދުރު
- 5 ކާފޫރުތޮޅި
- 3 ފޮނިތޮށިކޮޅު (2 އިންޗި ހުންނަވަރުގެ)
- 1 އިންޗި ރާނބާފަތް
- ½ ދަޅު ގެރިކިރު
- 1½ ޖޯޑު ހަކުރު
- ޖޯޑު ފެން
- 2 ސައިސަމްސާ ވެނީލާ އެސެންސް
ތައްޔާރު ކުރާނެ ގޮތް
ފިޔާ އަދި ރާނބާފަތްކޮޅު މަޑުވެލަންދެން ތެޔޮކޮޅުގައި ކައްކާލާށެވެ. ހިކިމޭބިސްކަދުރު، ކާފޫރު ތޮޅި، ފޮނިތޮށި އަދިކަނަމަދުކޮޅު އަޅާލުމަށްފަހު އެއްކޮއްލާ ފިޔާކޮޅު މީރުވަންދެން ހަލުވާލާށެވެ. ރަވާކޮޅު އެއްކޮއްލުމަށްފަހު، މަޑުގިނީގައި ހަލުވާލާށެވެ.
ފެންފޮދާއި ހަކުރުކޮޅު އެއްކޮއްލާށެވެ. ހަކުރުކޮޅު ގިރުމުން، ގެރިކިރުކޮޅު އަޅާލާށެވެ. މަޑު ގިނީގައި ހަލުވަމުން ކައްކާލާށެވެ. ސޫޖީ ކެކެން ފެށުމުން އެސެންސުކޮޅު އަޅާލާފަމަޑު ގިނީގައި 2 މިނެޓުވަރުބަހައްޓާލާށެވެ.