ގދ. މަޑަވެލި-ހޯޑެއްދޫ ކޯޒްވޭއަކުން ގުޅާލުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.

މިދިޔަ އަހަރުގެ ސެޕްޓެމްބަރުގައި މިމަޝްރޫއުގެ ސައިޓް މަސައްކަތްތައް ވަނީ ފަށާފައެވެ. މި މަޝްރޫއު ސަރުކާރުން  ހަވާލުކޮށްފައިވަނީ  މޯލްޑިވްސް  ޓްރާންސްޕޯޓް  އެންޑް  ކޮންްރެކްޓިން  ކޮމްޕެނީ  އަށެވެ.

މިދިޔަ ބުދަ ދުވަހު މިވަނީ ރަށްތައް ދެމެދުގައި އަޅާ ބްރިޖްތަކުގެ ޢަމަލީ މަސައްކަތް ފަށާފައެވެ. އެންމެ ފުރަތަމަ ފަށާފައިމިވަނީ ހޯނޑެއްދުއާއި ކަންނިގިއްލާ އާއި ދެމެދުގައި އަޅާ ބްރިޖްގެ ފައުންޑޭޝަންގެ މަސައްކަތެވެ.

އެމްޓީސީސީން ބުނީ، މި ކޯޒްވޭގެ ދަށުން އޮއި ދެމޭނެހެން، އަދި ކޯޒްވޭ މަތިން، ހެވީ ވެހިކަލަށްވެސް، ދަތުރުކުރެވޭ ފެންވަރަށް، މަޑަވެއްޔާއި ހޯޑެއްދޫ ގުޅާލެވޭ މި ކޯޒްވޭގެ ސަބަބުން، ރައްޔިތުންނަށް، ވަރަށް ބޮޑު ލުއިފަސޭހަތަކެއް ލިބިގެން ދާނެ ކަމަށެވެ.

300 ދުވަސް ތެރޭގައި ނިންމާ ގޮތަށް ގާއިމް ކުރާ މި ބްރިޖްގެ މަސައްކަތަށް 84 މިލިއަން ރުފިޔާ ހަރަދުވާނެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *