ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މޮޓޮކޭޑަށް ހުރަސް އެޅި މައްސަލާގައި އިތުރު މީހަކު ހައްޔަރުކޮށްފިއެވެ.

މީގެ ކުރިން އެމައްސަލާގައި 4 މީހަކު ހައްޔަރުކޮށްފައިވެއެވެ.

އެއަށްފަހު އިއްޔެ ވަނީ 54 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައެވެ. އަދި އޭނާގެ ބަންދަށް 5 ދުވަސް ވަނީ ޖަހާފައެވެ.

މިދިޔަ ހޯމަ ދުވަހުގެ ރޭ ރައީސް ސޯލިހުގެ މޮޓޯކެޑަށް އިދިކޮޅު މުޒާހަރާގެ ބައިވެރިން ހުރަސްއަޅާ ސެކިއުރިޓީ ބްރީޗްވި ގޮތުގެ ތަހުގީގު އެންއައިސީން ފަށާފައިވާއިރު އެމްއެންޑީއެފުންވެސް އަންނަނީ މިކަން ތަހްގީގު  ކުރަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީވެރިޔާ
ދަތުރުކުރެއްވި މޮޓޯކޭޑަށް ބަޔަކު ހުރަސްއެޅުމާއި ގުޅިގެން ހިނގާދިޔަ ކަންކަން ބެލުމަށް ޤައުމީ ދިފާޢީ ބާރުން ވަނީ ޚާއްޞަ ކޮމެޓީއެއް އެކުލަވާލާފައިވާލާފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *