މިއީ އުރީދޫއިން ސޯޝަލް މީޑިއާގައި ހިއްސާކޮށްފައިވަަ ރޯދަ ހަދިޔާއެކެވެ.
މިއީ ޏ. ފުވައްމުލައް ސިޓީގެ ހިތްގައިމު ޖަޒީރާ ދިރިއުޅުން ދައްކައިދޭ ޑްރާމާއެކެވެ.
މި ޑްރާމާގައި މާޒް އަކީ ސުކޫލު ނިންމައިގެން މާލެދާން ކެތްމަދުވެފައި ހުރި ޒުވާން ފިރިހެން ކުއްޖެކެވެ. އެހެންނަމަވެސް މާޒްގެ ބައްޕަ ބޭނުންވީ ރަށުގައި ހުންނަ ކޮލެޖުން މަތީ ތައުލީމު ހާސިލްކުރުމަށެވެ.
މާޒްގެ މޫޑް އޮފްވެ މުޅި ދުވަސް ފޫހިކަން މަތީގައި ހުއްޓާ އޭނާ އާއި ބައްދަލުވީ ރަށުގެ ރަހުމަތްތެރިންތަކެކެވެ. ފުވައްލުމަކު ބަހުރުވައިން ވާހަކަ ދައްކާ މި ޑްރާމާގައި އެ ރައްޓެހިންވެސް މާޒް އާއި ސުވާލު ކުރަނީ މާލެ ދަނީ ކޮން ދުވަހަކުންތޯއެވެ.
ދެން ފެނިގެންދަނީ މާޒްގެ ދޮންމެ މާލެއިން ރަށަށް އަންނަ މަންޒަރެވެ. މާޒް މާލެ ދާންބޭނުންވާތީ އެވާހަކަވެސް ދޮންބެ އެހިއެވެ. މާޒް އެދުނީ ދޮންބެ ބައްޕް ކައިރި އެދިގެން މާޒް މާލެ ދެވޭގޮތް ހަދައިދިނުމަށެވެ.
އެހެންނަމަވެސް އެވާހަކައިގެ ފަހުން ދޮންބެ ދެއްކީ މާލޭގައި ބޮޑު ކުލި ދީގެން އުޅޭ ދިރިއުޅުމުގެ ވާހަކައެވެ. މަތީ ތައުލީމު ހާސިލު ކުރުމަށްފަހު ރަށަށް ނުދެވި މާލޭގައި އުޅެން ޖެހުނު ގޮތުގެވާހަކައެވެ.
މިހުރިހާ ވާހަކަތަކަާއި ދޮންބެގެ ދަރިން މާލެއިން ރަށަށް އައިސް އެނބުރި މާލެ ދާން ބޭނުން ނުވެގެންއުޅޭ ތަން ފެނި މާޒްގެ ހިޔާލު ބަދަލުވެއެވެ.
ޖަޒީރާ ރީތި ދިރިއުޅުމާއި ހިތްގައިމު ޗާލު ފުވައްމުލަކުގެ ވެއްޓަށް އޭނާގެ ލޯބި ޖެހެއެވެ. މާޒްގެ ހިތް ދޫވި ޖަޒީރާގެ ގުދުރަތީ ރީތިކަމުގެ ތެރޭގައި ރަށްފުށުގެ ދިރިއުޅުމަށް އޭނާގެ ހިތް ލެނބިގެން ދިޔައެވެ.
އުރީދޫއިން މި ރޯދަ ހަދިޔާއާއި އެކު ދީފައިވާ މެސެޖަކީ ލިބިފައިވާ ނިއުމަތްތަކުގެ ބޭނުން ހިފާ ނިއުމަތްތަކަށް ޝުކުރުވެރިވުމަށެވެ.