ރައްޔިތުންގެ މަޖިލިސް

މަސައްކަތްތެރިންގެ ޔޫނިއަންއާއި ވަޒީފާދޭ ފަރާތްތަކުގެ ޔޫނިއަންތައް އުފެއްދުމަށްޓަކައި އަމަލު ކުރާނެ ގާނޫނެއް ހެދުމަށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅައިފިއެވެ.

އިންޑަސްޓްރިއަލް ރިލޭޝަންސްއާ ބެހޭ ގާނޫނު" ގެ ނަމުގައި، ރައްޔިތުންގެ މަޖިލީހުގެ ބުދަ ދުވަހުގެ ޖަލްސާގައި  އެ ބިލުގެ ފުރަތަމަ ކިޔުން ވަނީ އިއްވައިފައެވެ.

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް މި ބިލު ހުށަހެޅުއްވީ މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފްއެވެ.

މި ބިލުގެ މައިގަނޑު މަގުސަދަކީ ގާނޫނު އަސާސީގެ ދަށުން ކޮންމެ މީހަކަށް ލިބޭ މަސައްކަތްތެރިންގެ ޔޫނިއަންއާއި ވަޒީފާދޭ ފަރާތްތަކުގެ ޔޫނިއަންތައް އުފެއްދުމާއި އެފަދަ ޔޫނިއަންތަކުގައި ބައިވެރިވުމާއި ނުވުމުގެ ހައްގު ކަށަވަރުކޮށްދިނުމެވެ.

ބިލުގައިވާ ގޮތުން ޔޫނިއަންތަކުން ގުޅިގެން މަސައްކަތްކުރުމަށްޓަކައި 2 ފެޑަރޭޝަނެއް އުފައްދައި ރަޖިސްޓްރީ ކުރެވިދާނެއެވެ. އަދި ރަޖިސްޓްރީ ކޮށްފައިވާ ފެޑަރޭޝަންތަކުގެ މައްޗަށް އެކުލެވޭ، "ނޭޝަނަލް ޓްރޭޑް ޔޫނިއަން ސެންޓަރު" އަދި "ނޭޝަނަލް އެމްޕްލޯޔާސް ޔޫނިއަން ސެންޓަރު" އުފައްދައި ރަޖިސްޓްރީ ކުރެވިދާނެއެވެ.

މި ބިލުގައިވާ ގޮތުން ޔޫނިއަންތައް ރަޖިސްޓްރީ ކުރުމަށްޓަކައި، ރަޖިސްޓްރާ އޮފް ޔޫނިއަން އައްޔަން ކުރަންޖެހެއެވެ. އެ މަގާމަށް މީހަކު އައްޔަންކުރުމާއި، ވަކި ކުރުމުގެ ބާރު ދީފައިވަނީ ރައީސުލްޖުމްހޫރިއްޔާއަށެވެ. އެ މަގާމުގެ މުއްދަތަކީ ފަސް އަހަރު ދުވަހުގެ އެއް ދައުރެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *