ގަބުޅި ބޯކިބަލަކީ ޒަމާނުއްސުރެ ދިވެހިންގެ ތެރޭގައި މަޤުބޫލު ފޮނި ކާއެއްޗެކެވެ. މިއީ އަމިއްލަ އަށް ތައްޔާކޮށްލަން ވެސް ފަސޭހަ އެއްޗެކެވެ.
ބޭނުންވާ ތަކެތި
- 2 ޖޯޑު ގަބުޅި
- 1 1/2 ޖޯޑު ހަކުރު
- ރަހަލާ ވަރުގެ ރާނބާ ފަތްކޮޅެއް
- 1 ޖޯޑު މާފެން
- 1 ޖޯޑު ހަނޑޫ ފުށް (ހިމުންކޮށް ފުނޑާފަ)
- 1/2 ޖޯޑު ފިނިފެން
ތައްޔާރުކުރާނެ ގޮތް
ހަކުރާއި ގަބުޅި އަދި ފިނިފެން އަޅައިގެން ރަނގަޅަށް ގަބުޅި ހުނިގަނޑެއް ކައްކާލާށެވެ. ހުނި ކެއްކުނީމަ އެ ފިނިވަންދެން ބަހައްޓާށެވެ. ފިނިވީމަ ހުނި ތެރެއަށް ފުނޑާފައި ހުރި ހަނޑޫ ފުށް އަދި ފިނި ފެން ފޮދެއް އަޅައިގެން ރަނގަޅަށް އަތުން ގިރާލާށެވެ.
އެއަށްފަހު ބޯކިބާ ފިހާ ޓްރޭގައި ކުޑަ ތެޔޮކޮޅެއް ހާކާލުމަށްފު ގިރާފައިހުރި އެއްޗިސް އެއަށްއަޅާލުމަށްފަހު، އަވަނުގެ މެދު ހަރުގައި ޓްރޭ ބަހައްޓާށެވެ. އަދި 180 ޑިގްރީގައި 45 މިނެޓްވަންދެން ފިހެލާށެވެ. ބޯކިބާ ފިހެވުމުން އަވަނުން ޓްރޭ ނަގައި މޭޒެއް މަތީ ހިހޫވަންދެން ބަހައްޓާލާށެވެ.