އެމްޕީއެލްގެ ފެލްޓުތަކައް ފޮޓޯ: މިހާރު

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، އެމްޕީއެލުން ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތަރައްޤީކުރަމުންދާ ފްލެޓްތައް އަންނަމަހު ހަވާލުކުރުމުގެ ތައްޔާރީތައްވަމުން އަންނަކަމަށް ސީއީއޯ ޝާހިދު އަލީ ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާގައި ވާހަކަދައްކަވަމުން ޝާހިދު އަލީ ވިދާޅުވީ އަންނަ މަހުގެ ތެރޭގައި މުވައްޒަފުންނާ ފްލެޓްތައް ހަވާލުކުރުމުގެ ތައްޔާރީތައް ވަމުން އަންނަކަމަށެވެ.

ޝާހިދު ވިދާޅުވީ ފްލެޓްތަކުގެ މަސައްކަތުގައި ލަސްތަކެއް އުޅެނީ ކޮންޓްރެކްޓަރު ކުރިއަށްގެންދާ ބައެއް މަސައްކަތްތައް އަދިވެސް ކުރިއަށްދާތީކަމަށެވެ. ނަމަވެސް މިހާރު ކުރިއަށްދަނީ ފްލެޓް ހަވާލުކުރުމުގެ އެންމެ ފަހުގެ ތައްޔާރީތައްކަމަށާއި އެގޮތުން މިވަގުތު ކުރިއަށްދަނީ ޓަވަރުގެ ސިޑިތަކުގައި ކުރަންޖެހޭ މުށިޖެހުމުގެ ބައެއް މަސައްކަތްތަކާއި ލިފްޓްގެ މަސައްކަތްކަމަށް ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ ފްލެޓްތައް ހަވާލުކުރާއިރު، އެޕަޓްމަންޓްތަކުގެ އެތެރޭގެ ފިނިޝިން ހުރިހާ މަސައްކަތްތައް ހުންނާނީ ނިމިފައިކަމަށެވެ.

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، އެމްޕީއެލްއިން ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތްކުރަމުންދަނީ 15 ބުރީގެ 3 ޓަވަރެެވެ. އެމްޕީއެލްގެ 3 ޓަވަރުގައި ޖުމްލަ 534 ޔުނިޓް ހިމެނެއެވެ. އެއީ 1 ކޮޓަރީގެ 204 ފްލެޓާއި 1+2 ކޮޓަރީގެ 330 ފްލެޓެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *