ރައީސުލްޖުމްހޫރިއއޔަ އިބްރާހިމް މުހައްމަދު ސޯލިހު ހުޅުމާލެ އިން ވަޑައިގެންނެވި މަގުމަތީގައި މޮޓޯކެޑަށް ޕީޕީއެމް/ޕީއެންސީ ކޯލީޝަނުން ހުރަސްއެޅި މައްސަލަ ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ) އިން ތަހްގީގު ކުރަން ފަށައިފިއެވެ.
މިދިޔަ ހޯމަ ދުވަހުގެ ރޭ ރައީސް ސޯލިހުގެ މޮޓޯކެޑަށް އިދިކޮޅު މުޒާހަރާގެ ބައިވެރިން ހުރަސްއަޅާ ސެކިއުރިޓީ ބްރީޗްވި ގޮތުގެ ތަހުގީގު އެންއައިސީން ފަށާފައިވާއިރު އެމްއެންޑީއެފުންވެސް އަންނަނީ މިކަން ތަހްގީގު ކުރަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީވެރިޔާ
ދަތުރުކުރެއްވި މޮޓޯކޭޑަށް ބަޔަކު ހުރަސްއެޅުމާއި ގުޅިގެން ހިނގާދިޔަ ކަންކަން ބެލުމަށް ޤައުމީ ދިފާޢީ ބާރުން ވަނީ ޚާއްޞަ ކޮމެޓީއެއް އެކުލަވާލާފައިވާލާފައެވެ.
އެމްއެންޑީއެފުން ބުނީ މި ކޮމެޓީއަކީ ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ ލީޑަރޝިޕްގެ މަޝްވަރާގެ މަތިން ދިފާޢީ ވަޒީރު ޢަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ އުފައްދަވާފައިވާ ޚާއްޞަ ކޮމެޓީއެއް ކަމަށެވެ.
މި މައްސަލައާ ގުޅިގެން، މިހާރުވަނީ މިފަދަކަމެއް ދިމާވުމުން އެމްއެންޑީއެފް ގައި ޢަމަލުކުރަމުން އަންނަ ޕުރޮސީޖަރތަކާއި އެއްގޮތްވާ ގޮތުގެ މަތިން، ޕްރެޒިޑެންޝަލް ގާޑްސްގެ ކޮމާންޑިންގ އޮފިސަރގެ މަޤާމުގައި ހުންނެވި ކާނަލް ޢަބްދުالله އިބްރާހިމް މަޤާމުގެ މަސްޢޫލިއްޔަތާއި ޒިންމާތަކުން އެކަހެރިކޮށްފައެވެ.
އަދި ޕްރެޒިޑެންސަލް ގާޑްސް ވަގުތީ ގޮތުން ހިންގެވުން މޭޖަރ އިބްރާހިމް ޙަލީމްއާ ޙަވާލުކުރައްވާފައިވާ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.