ހައްޖާއި އުމުރާއަށް ދާމީހުންގެ ގެއްލޭތީ ހާއްސަ ލޮކޭޓިވް ޑިވައިސްތަކެއް ބޭނުން ކުރުމަށް ހަމަޖައްސާފައިވާ ކަމަށް ހައްޖު ކޯޕަރޭޝަނުން ބުނެފިއެވެ.

ދައުލަތުގެ މީޑިއާގައި ވާހަކަ ދައްކަވަމުން ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ އިސްމާއިލް ހަމީދު ވިދާޅުވީ ހައްޖައި އުމުރާއަށް ދާމީހުންގެ ތެރެއިން ބައެއް މީހުންނަަށް ހުރެވޭތަން ނޭންގުމުގެ ސަބަބުން އެމީހުން ހޯދަން ޖެހޭ ހާލަތްތައް މެދުވެރިވާ ކަމަށެވެ.

އަދި މިކަން ހައްލުކުރުމަށް ހައްޖުވެރިންނާއިއެކު ހަރަމްފުޅުގައި އެހީތެރިން ހަރަކާތްތެރިވާނެ ކަމަށެވެ.

އަދި ހައްޖުވެރިން ހޮޓަލަށް ދަންދެން އެހީތެރިން އުޅޭނެ ކަމަށާއި އެހެންނަމަވެސް ހައްޖު މޫސުމަކީ އެހެން ދުވަސްތަކާއި އަޅާ ބަލާއިރު މީހުން ގިނަ ދުވަސްވަރެއް ކަމުން ގެއްލޭ މީހުން ހޯދުމަށް އިނދަގޫވާ ކަމަށެވެ.

އަދި މި މައްސަލަ މަދުކުރުމުގެ ގޮތުން މިއަހަރުން ފެށިގެން މީހުން ލޮކޭޓް ކުރުމަށް ބޭނުން ކުރާ ހާއްސަ ޑިވައިސް ބޭނުން ކުރަން ފަށާނެ ކަމަށް ހަމީދު ވިދާޅުވިއެވެ.

ރާއްޖެއިން މިއަހަރު ހައްޖަށް މީހުން ގެންދިއުމަށް ސައުދީން ދީފައިވަނީ 1000 ކޯޓާއެވެ. އޭގެތެރެއިން 600 ކޯޓާ ދީފައިވަނީ ހައްޖު ކޯޕަރޭޝަނަށެވެ.

ބާކީ ކޯޓާތަކުގައި މީހުން ހައްޖަށް ގެންދާނީ އެކަމަށް ހުއްދަދޭ އަމިއްލަ ހައްޖު ޖަމާއަތްތަކުންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *