ހުޅުމާލެ މަގުމަތި

ހުޅުމާލޭގައި ކަރުދާސް އަދި ފޮތި ބޭނުންކޮށްގެން އިޝްތިހާރު ކުރުން ހުއްޓުވުމަށް ހައުސިން ޑިވެލޮފްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ން ނިންމައިފިއެވެ.

އެޗްޑީސީން ވަނީ އަންނަ އޭޕްރީލްމަހުގެ 1 ވަނަ ދުވަހުން ފެށިގެން ކަރުދާސް އަދި ފޮތި ބޭނުންކޮށްގެން ހުޅުމާލޭގައި ބޭނުން ނުކުރެވޭނެ ކަމަށް އަންގާ އިއުލާނުކޮށްފައެވެ.

އެޗްޑީސީން މިވަގުތު ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ކަރުދާހާއި ފޮތި ބޭނުންކޮށްގެން ހަރުކޮށްފައިވާ އިޝްތިހާރުތައް އޭޕްރީލްމަހުގެ 1 ވަނަ ދުވަހުގެ ކުރިން ނެގުމަށް ވަނީ އަންގާފައެވެ.

ހުޅުމާލޭގައި އިޝްތިހާރު ކުރެވޭނެ ޒަމާނީ އިންތިޒާމުތައް މިހާރު ހަމަޖައްސާފައިވާ ކަމަށްވެސް އެޗްޑީސީން ބުނެއެވެ. އެޗްޑީސީގެ އާބަން ހައިޕް މެދުވެރިކޮށް ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ޤާއުމުކޮށްފައިވާ ޑިޖިޓަލް ބޯޓުތަކުގައި އިޝްތިހާރުކުރެވޭނެ ގޮތްވެސް ފަހިކޮށްދީފައިވާ ކަމަށް އެޗްޑީސީން ބުނެއެވެ.

ސްމާޓް ސިޓީއެއްގެ ގޮތުގައި މާސްޓަރ ޕްލޭނާއެކު ތަރައްޤީކުރާ ހުޅުމާލެއަކީ ދިރިއުޅެން ފަހި ސާފުތާހިރު ތަނަކަށް ހެދުމަށް އެޗްޑީސީން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *