މިއަދު ސޮއި ކުރެވުނު ފަހުމްނާމާގެ ސަބަބުން ދެގަޢުމުގެ ދޭތޭރޭގަ އޮތް ގުޅުން އިތުރަށް ބަދަހި ކުރެވި ދިވެހިރާއްޖެއަށް އަންނަ ކޮރެއާ ޓޫރިސްޓުން އިތުރު ކުރުމުގެ ގޮތުން މިއަހަރުތެރޭގައި ކޮރެއާއިން ޑައިރެކްޓް ފްލައިޓް ފެށޭނެ ކަމުގެ ފެހި ސިގްނަލް ލިބިފައިވާކަމަށް ޓޫރިޒަމް މިނިސްޓަރ ޑރ. އަބުދުالله މައުސޫމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ، މިނިސްޓްރީ އޮފް ޓޫރިޒަމް އާއި ކޮރެއާ ޓޫރިޒަމް އޮގަނައިޒޭޝަންއާއި ދެމެދު މިއަދު ސޮއި ކުރެވުނު ފަހުމްނާމާއަށް އިޝާރާތް ކުރައްވައެވެ.

މިއީ ދިވެހިރާއްޖެ އާއި ރިޕަބްލިކް އޮފް ކޮރެއާ އާއި ދެ ޤައުމުގެ މެދުގައި ފަތުރުވެރިކަމުގެ ސިނާޢަތު އިތުރަށް ހަރުދަނާކޮށް ކުރިޔަށް ގެންދިއުމަށްޓަކައި ދެ ޤައުމު ގުޅިގެން ކުރިޔަށް ގެންދެވޭނެ މަޝްރޫއުތަކާއި ފުރުސަތުތައް ފާހަގަކޮށް ޓޫރިޒަމް ކޯޕަރޭޝަންގެ ދަށުން ސޮއިކުރެވުނު ފަހުމުނާމާއެކެވެ.

މި ފަހުމްނާމާގައި ސޮއި ކުރެއްވީ މިނިސްޓަރ އޮފް ޓޫރިޒަމް ޑރ. އަބްދުالله މަޢުސޫމް އާއި ކޮރެއާ ޓޫރިޒަމް އޮގަނައިޒޭޝަންގެ ވައިސް ޕްރެޒިޑެންޓް ލީ ޖިން ހޯ އެވެ.

މި ފަހުމްނާމާގެ ދަށުން ފަތުރުވެރިކަމުގެ ދާއިރާ ކުރިއެރުވުމަށްޓަކައި ދެފަރާތުން ގުޅިގެން ދެ ގައުމުގެ ދެމެދުގައި އޮތް ތާރީޚީ ގުޅުން ބަދަހި ކުރުމާއި، ފަތުރުވެރިކަން އިތުރަށް ފުޅާ ކުރުމާއި، ދިރާސާތައް ކުރުމާއި، އިންސާނީ ވަސީލަތްތައް ތަރައްޤީ ކުރުމަށް ޕްރޮގްރާމްތައް ހިންގުމަށް ވަނީ ރޭވިފައެވެ.

އަދި ދެ ޤައުމުގެ ކަމާގުޅޭ މޭސްތިރިންގެ މެދުގައި
މައުލޫމާތު ހިއްސާ ކުރުމަށް ސެމިނަރ، ވޯކްޝޮޕްތައް ކުރިޔަށް ގެންދެވޭނެ އެވެ.

ލީ ޖިން ހޯ ވިދާޅުވި ގޮތުގައި ކޮރެއާ ޓޫރިސްޓުންގެ މެދުގައި ރާއްޖެ އަކީ މަޤުބޫލް މަންޒިލެއްކަމާއި މި ފަހުމްނާމާގެ ސަބަބުން ދެޤައުމުގެ ފަތުރުވެރިކަން ފުޅާ ކުރުމަށް އިތުރު ފުރުސަތު ފަހިވެގެންދާނެއެވެ.

އަދި މިހާރު ޒުވާނުން ތެރޭގައި މަޝްހޫރުވެފައިވާ ކޭ-ޕޮޕް އާއި ކޭ-ކަލްޗަރ އަކީ އިތުރަށް ކުރިއަރުވާ އަދި އެކަމުގެ ތެރެއިން ކޮރެއާ އިން ދިވެހިރާއްޖެ އަންނަ ޓޫރިސްޓުން އިތުރު ކުރުމަށް ލިބޭނެ ރަނގަޅު ފުރުސަތެއްކަމަށް ދެކެވަޑައިގަންނަވާ ކަމަށް ވިދާޅުވިއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *