ރައީސް ސޯލިހާއި ރައީސް ނަޝީދު/ ފޮޓޯ: އަވަސް

ޕާޓީ ތެރެއިން ވަކި ފެކްޝަނެއް ނުހެދޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އަންނަ ރިޔާސީ އިންތިހާބަށް ރައީސް ސޯލިހާއެކު ކޯލިޝަން ހަދާފައިވާ ލީޑަރުންނާއެކު ބޭއްވި ބައްދަލުކުރެއްވުމަށްފަހު މީޑިޔާތަކާއި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ ރިޔާސީ ޕްރައިމަރީއަށްފަހު ރަސްމީކޮށް ރައީސް މުހައްމަދު ނަޝީދާއި ވާހަކަފުޅު ދައްކަވާފައިނުވާ ކަމަށެވެ.

ރައީސް ސޯލިހަށް ރިޔާސީ އެމްޑީޕީގެ ޓިކެޓު ދެއްވާފައިވާއިރު ރައީސް ނަޝީދުގެ ސަޕޯޓަރުން އަންނަނީ "ފިކުރެއްގެ ދިރުން" ޕްރޮމޯޓްކުރުމަށް މަސައްކަތްކުރަމުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކުގައިވެސް ރައީސް ނަޝީދަށް ތާއީދުކުރައްވާ މެމްބަރުން އަންނަނީ ސަރުކާރު ޒިންމާދާރުކުރުވުމަށްކަމަށްބުނެ ސަރުކާރާއި ދެކޮޅަށް ގަރާރުތައްވެސް ހުށަހަޅަމުންނެވެ.

ޕާޓީ ތެރޭގައި ވަކި ފެކްޝަނެއް ނުހެދޭނެކަމަށް ރައީސް ސޯލިހު ވިދާޅުވިނަމަވެސް، ޕާޓީގެ ޗެއަރޕަރސަން ފައްޔާޒް އިސްމާއިލް ވަނީ އެކަމަކީ ފިޔަވަޅު އެޅޭނެކަމެއް ނޫންކަމަށް ވިދާޅުވެފައެވެ.

އެހެންނަމަވެސް، ފިޔަވަޅު އަޅަންޖެހޭ ހިސާބަށް ކަންކަން ހިނގައްޖެނަމަ އެކަން ކުރާނެކަމަށް ފައްޔާޒް ވިދާޅުވެފައިވެއެވެ.

ރައީސް ސޯލިހާއި އެމަނިކުފާނަށް ތާއީދުކުރައްވާ ބޭފުޅުން އަންނަނީ ރައީސް ނަޝީދު ނެތްކަމުގެ ފަޅުކަން އިހްސާސްވާ ކަމަށާއި ކެމްޕެއިނަށް ނުކުންނަން ބޭނުންފުޅުވަނީ ރައީސް ނަޝީދާއި އެކުގައިކަމަށް ވިދާޅުވަމުންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *