ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ދަތުރުކުރައްވަމުން ގެންދެވި މޮޓޯކޭޑަށް ހުރަސްއެޅި 4  މީހުންގެ  ބަންދަށް  15  ދުވަސް  ކޯޓުން  ޖަހައިފިއެވެ.

އެމައްސަލައާއި ގުޅިގެން ކްރިމިނަލް ކޯޓުން  ވަ
ނީ،  ރައީސްގެ  މޮޓޯކޭޑަށް  ހުރަސްއެޅި  މައްސަލައިގައި ފުލުހުންގެ  ބެލުމުގެ  ދަށަށް  ގެނައި  4  މީހުންގެ  ތެރެއިން  2  މީހެއްގެ  ބަންދަށް  5  ދުވަސްޖަހާދީފައެވެ. އަދި އަނެއް ދެމީހުންގެ  ބަންދަށް  15  ދުވަސް  ޖަހާފައެވެ.

އެމައްސަލައިގަ  ފުލުހުންގެ  ބެލުމުގެ  ދަށަށް  ގެންގޮސްފައިވަނީ  3  ފިރިހެނުންނާއި  އަންހެނެކެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މޮޓޯކޭޑް ހުއްޓުވީ، ހުޅުމާލޭގައި ރޭ ބޭއްވި ރެހެންދި އެވޯޑް ހަފުލާ އަށް ފަހު، އެމަނިކުފާނު ބޮޑުތަކުރުފާނު މަގުން ވަޑައިގަންނަވަނިކޮށް، ޕީޕީއެމްގެ އޮފީސް ސަރަހައްދުގައި  ތިބި ރައީސް ޔާމީންގެ ސަޕޯޓަރުންތަކެކެވެ.

ޕީޕީއެމް/ ޕީއެންސީ ކޯލިޝަނުން ކުރިއަށް ގެންދާ ސިލްސިލާ މުޒާހަރާތަކުގެ ތެރެއިން ރޭގެ މުޒާހަރާއިން ނުވަ އަންހެނުންނާއި އަށް ފިރިހެނުންނާ އެކު ޖުމްލަ 17 މީހަކު  ހައްޔަރުކުރިއިރު  ގިނަބަޔަކު  މިހާާރު  ވަނީ ދޫކޮށްލާފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *