ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް

ރައްޔިތުން މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް ރޭ ހައްޔަރު ކުރީ މަޖިލީހަށް ނާންގާ ކަމަށް އެ އިދާރާއިން ބުނެފި އެވެ.

އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިނިވަންކުރުމަށް ގޮވާލައި އިދިކޮޅުން ރޭ ބޮޑުތަކުރުފާނު މަގު ޕީޕީއެމް އޮފީސް ސަރަހައްދުގައި ކުރިޔަށްގެންދިޔަ މުޒާހަރާގެ ތެރެއިން ރައީސްގެ މޮޓޯކޭޑަށް މުޒާހަރާގެ ބައިވެރިން ވަނީ ހުރަސްއަޅާފައެވެ. 

މިހާދިސާ އަށް ފަހު ރޭގެ މުޒާހަރާގެ ތެރެއިން ފުލުހުން ވަނީ ޝިޔާމް ހައްޔަރު ކޮށްފައެވެ.

މަޖިލީހުގެ ނައިބް ރައީސް އީވާ އަބްދުﷲ ވިދާޅުވީ މަޖިލީހުގެ ގަވައިދުގެ 236 ވަނަ މާއްދާގެ (ށ)އާ ހަވާލާ ދެއްވައި އީވާ ވިދާޅުވީ، މެންބަރަކު ހައްޔަރުކޮށްފި ނަމަ، ގަޑިއިރެއްގެ ތެރޭގައި މަޖިލީހުގެ އަމީން އާންމަށް ނުވަތަ މަޖިލީހުގެ ރައިސަށް އެކަން އަންގަން ޖެހޭނެ ކަމަށެވެ. ނަމަވެސް، ހަތަރު ގަޑިއިރެއް ހާއިރު ފަހުން ޝިޔާމް ދޫކޮށްލިއިރު މަޖިލީހަށް އަންގާފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ފުލުހުން އަމަލުކޮށްފައި ވަނީ އެ ގަވައިދާ ހިލާފަށް،"

މަޖިލީހުގެ މެންބަރަކު ހައްޔަރުކޮށް އެކަން މަޖިލީހަށް ނޭންގުމުން އީވާ ވަނީ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *