މެމްބަރު ހުސެއިން މުހައްމަދު ލަތީފް

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ދަތުރުކުރައްވަމުން ގެންދެވި މޮޓޯކޭޑްގެ ސެކިއުރިޓީ ބްރީޗްވި މައްސަލާގައި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވަގުތުން މަގާމުން ވަކިކުރުމަށް ގޮވާލާ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފި އެވެ.

މި ކުއްލި މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވަނީ ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ލަތީފެވެ.

މި މައްސަލަ މަޖިލީހަށް ބަލައިގަތުމަށް ފެންނަ ކަމަށް 6 މެންބަރުން ވޯޓު ދެއްވިއިރު އެ ކުއްލި މައްސަލަ ބަލައިގަތުމާ ދެކޮޅަށް 17 މެންބަރުން ވޯޓު ދީފައިވެއެވެ.

ކުއްލި މައްސަލައިގައި ބުނެފައިވަނީ، ރައީސުލްޖުމްހޫރިއްޔާ ދަތުރުކުރެއްވި މޮޓޯކޭޑްގެ ސެކިއުރިޓީ ބްރީޗްކޮށް، ޕީޕީއެމްގެ އިހުތިޖާޖް ހިނގަމުން ދަނިކޮށް އެ މޮޓޯކޭޑް އިހުތިޖާޖްގެ ބައިވެރިންގެ ތެރެއަށް ވަދެފައިވާ ކަމަށެވެ. ރައީސްގެ މޮޓޯކޭޑް އެފަދަ ސިޔާސީ ހަރަކާތެއް ހިނގަމުންދިޔަތާކަށް ވަނުމަކީ ނޭންގި ކުރެވޭނެ ކަމެއްކަމަށް ނުދެކޭކަމަށާއި އެއީ ރޭވިގެން ކުރެވިފައިވާ ކަމެއްކަމަށް ދެކޭކަމަށެވެ.

ކުއްލި މައްސަލައިގައި އިތުރަށް ބުނެފައިވަނީ ރައީސުލްޖުމްހޫރިއްޔާ ދަތުރުކުރެއްވި މޮޓޯކޭޑްގެ ސެކިއުރިޓީ ބްރީޗްވުމުގެ ޒިންމާ ޑިފެންސް މިނިސްޓަރު ނަންގަވަންޖެހޭނެ ކަމަށެވެ.

މީގެކުރިން މަޖިލީހުގެ ރައީސްގެ ސެކިއުރިޓީ ބްރީޗްކޮށް ބޮމެއް ގޮއްވާލިކަން ފާހަގަކޮށް ކުއްލި މައްސަލައިގައި ބުނެފައިވަނީ، ދައުލަތުގެ އިސްވެރިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ނުކުރެވުމަކީ ޑިފެންސް މިނިސްޓަރު މާރިޔާ ދީދީ މަގާމުން ވަކިކުރަންޖޭފަދަ ސީރިއަށް މައްސަލައެއް ކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *