މަޖިލީހުގެ މެމްބަރުން

ސައިބަރ ކުށްތައް ކަނޑައެޅުމަށް ހުށަހެޅި އިސްލާހު އިތުރަށް ދިރާސާކުރުމަށް ޖުޑިޝަރީ ކޮމެޓީއަށް ފޮނުވައިފިއެވެ.

އޮންލައިންކޮށް ކުރާ ކުށްތަކަކީ އަދަބު ލިބޭ ކަންކަމުގެ ގޮތުގައި ކަނޑައެޅުމަށް މަޖިލީހަށް ފޮނުވާފައިވަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އިސްލާހު ގެނައުމަށެވެ.

ބިލު މަޖިލީހަށް ހުށަހެޅުއްވީ ފޭދޫ ދާއިރާގެ މެމްބަރު އިބްރާހިމް ނިހާދެވެ.

ބިލުގައި ވަނީ ސައިބަރ ކުށްތަކާއި ގުޅޭ އެކި އިޖުރާއަތްތައް ހިމެނުމަށް ހުށަހަޅާފައެވެ. އޭގެ ތެރޭގައި ހިމެނެނީ:

  1. އޭގެ ތެރޭގައި ސަރވިސް ޕްރޮވައިޑަތުން ސަބްސްކްރައިބަރ އިންފޮމޭޝަން އަދި ކޮމިޔުނިކޭޝަންސް ޑޭޓާ ރިޓެއިންކުރުމާއިގުޅޭ އިޖުރާއަތު.
  2. 2. ރައްކާކޮށްފައިވާ ކޮމްޕިޔުޓަރު ޑޭޓާ އަވަސްގޮތެއްގައި ޕްރިޒަރވްކުރުމަށާއި ޓްރެފިކް ޑޭޓާ ވަކި މިންވަރަކަށް ހާމަކުރުމަށް އެންގުމާގުޅޭ އިޖުރާއަތު.
  3. 3. ކޮމްޕިޔުޓަރ ޑޭޓާއާއި ސަބްސްކްރައިބަރ އިންފޮމޭޝަން ހޯދުމަށް ޕްރޮޑަކްޝަން އަމުރު ހޯދުމާއި އެއަމުރު ތަންފީޒުކުރުމުގެ އިޖުރާއަތު.
  4. 4. ރައްކާކޮށްފައިވާ ކޮމްޕިޔުޓަރ ޑޭޓާ ބަލައި ފާސްކުރުމާއި ޑޭޓާ ހިފެހެއްޓުމުގެ އިޖުރާއަތު.
  5. 5. ޓްރެފިކް ޑޭޓާ ރިއަލް ޓައިމްގައި ނެގުމަށް ކޯޓު އަމުރު ހޯދުމާއި އެއަމުރު ތަންފީޒުކުރުމުގެ އިޖުރާއަތު.

ގާނޫނަށް ހުށަހެޅި އިސްލާހުގައި އެފަދަ ކުށްތަކުގައި ކުށްކުރި މީހާ ގެންގުޅުނުކަމަށް ބެލެވޭ ސާމާނު ބަލައި ފާސްކުރުމާއި އެކަމާއި ގުޅޭ މާއްދާތައް ހިމެނެއެވެ.

ބިލު މަޖިލީހަށް ބަލައިގަތުމަށް ވޯޓުދެއްވީ 44 މެމްބަރުންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *