ނޫރާއްޖޭގެ ޓީމުން ކުރިޔަށް ގެންދިޔަ ދުނިޔޭގެ އެންމެ ބޮޑު 'އޯޝަން ސާރވޭ" ގެ ހޯދުންތައް އާންމު ކޮށްފިއެވެ.

ނޫރާއްޖެ ޓީމުން ސާވޭގެ ފައިނަލް ރިޕޯޓް އާންމުކޮށްފައިވަނީ މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީގައި އިއްޔެ ބޭއްވުނު ސެޝަންއެއްގައި ހިއްސާކޮށްފައެވެ.

މީގެ އިތުރުން ނޫރާއްޖެއިން ވަނީ ރަސްދޫގައި ކޮމިއުނިޓީ އިވެންޓެއް ބާއްވާ ސާރވޭގެ ރިޕޯޓް ނިމުން ފާހަގަކޮށްފައެވެ.

މި ސާރވޭއަށް ނޫރާއްޖޭގެ ޓީމުން ވަނީ ރާއްޖޭގެ މީހުން ދިރިއުޅޭ 189 ރަށައް ގޮސް 4900 މީހުންނާ ސުވާލުކޮށްފައެވެ.

މި އަދަދުތަކާއެކު މި ސާރވޭއަކީ ދުނިޔޭގައި މިހާތަނަށް ހެދިފައިވާ މިފަދަ އެންމެ ބޮޑު ސާރވޭއެވެ. އަދި ނޫރާއްޖެއިން ވަނީ އާބާދީއަށް ބަލައި ކަނޑައަޅައިފައިވާ ލަނޑުދަނޑިތައް ހާސިލްކޮށް، ސާރވޭ ކުރަން ޓާގެޓް ކުރި މަސްވެރިންގެ އަދަދު ދެ ގުނައަށް ވުރެ އިތުރަށް ހާސިލްކޮށްފައެވެ. 

ނޫރާއްޖެއިން ވަނީ މޯލްޑިވެސް ނެޝަނަލް ޔުނިވާރސިޓީގެ 50 ދަރިވަރުންނާއި، ފެކަލްޓީ މެންބަރުންނާއި، ސަރުކާރުގެ އިސްވެރިންނާއި ތިމާވެށި ރައްކާކުރުމާގުޅޭ ޖަމިއްޔާތަކުގެ މެންބަރުންނަށް އަމާޒުކޮށްގެން ނެޝަނަލް ޔުނިވާރސިޓީގައި އިންޓަރެކްޓިވް ސެޝަންއެއް ބާއްވާފައެވެ.

މި ސެޝަންގައި ސާރވޭގެ މުހިންމު ހޯދުންތަކާއި އުސްއަލިތައް ހިއްސާކޮށް، ބައިވެރިންނަށް ނޫރާއްޖެ ޓީމާ ސުވާލުކުރުމުގެ ފުރުޞަތު ވަނީ ލިބިފައެވެ. 

މީގެ އިތުރުން ނޫރާއްޖެއިން ވަނީ ސާރވޭ ނިންމުން ފާހަގަކުރުމުގެ ގޮތުން ރަސްދޫގައި ހާއްސަ ކޮމިއުނިޓީ އިވެންޓެއް ބާއްވާފައެވެ.

މި ކަނޑުވެރިންގެ ފެސްޓިވަލްގައި މަސްބޭނުމުގެ މުބާރާތެއްގެ އިތުރުން ފެތުމުގެ މުބާރާތަކާއި އެކި މައުލޫމާތު ފޯރުކޮށްދިނުމުގެ ހަރަކާތްތައް ވަނީ ހިންގާފައެވެ. 

އޯޝަން ޔޫސް ސާރވޭއަކީ ކަނޑުތައް ބޭނުންކުރާ ހުރިހާ ފަރާތްތައް، އަދި ވަކިން ހާއްސަކޮށް މަސްވެރިންގެ އަޑު، ރާއްޖޭގެ މެރިން ސްޕޭޝަލް ޕްލޭން އެކުލަވާލުމުގެ ތެރޭގައި ހިމެނުމުގެ މުހިންމު ފުރުތަމަ ފިޔަވަޅެކެވެ.

މި ޕްލޭން އެކުލަވާލެވިގެންދާނީ ސައިންސްގެ މައްޗަށް ބިނާކޮށް މުޖުތަމައުގެ ބައިވެރިވުމާ އެކުގައެވެ. މި ސާރވޭ ޑިޒައިންކޮށް ހިންގުމުގައި ނޫރާއްޖެއިން ވަނީ ސަރުކާރުގެ އެކި ވުޒާރާތަކާއި ރައީސް އޮފީހާއެކު ގާތުން މަސައްކަތްކޮށްފައެވެ. 

މިނިސްޓަރ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޑރ. ހުސައިން ރަޝީދު ހުސައިން ވިދާޅުވީ ކަނޑުތަކާ ގުޅިގެން ނިންމާ ނިންމުތަކުގެ އަޞަރު ހުރިހާ ދިވެހިންނަށް ކޮންމެވެސް ސިފައެއްގައި ކުރާނެކަމަށެވެ.

އެހެންކަމުން، ދިވެހިން ކަނޑުފަޅުތައް ބޭނުންކޮށް އަގުކުރާގޮތް ރަނގަޅަށް އެނގުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މި ސާވޭއަށް ކަނޑުފަޅުތައް ބޭނުންކުރާ މަސްވެރިންނާއި، ޓޫރިޒަމް އިންޑަސްޓްރީއާއި، ޝިޕިން އިންޑަސްޓްރީއާއި، ސަޤާފީ އަދި މުނިފޫހިފިލުވުމަށް ކަނޑުތައް ބޭނުންކުރާ ފަރާތްތަކުން ދެއްވި އެއްބާރުލުން ފެނި އަޅުގަނޑުމެންނަށް އިތުރު ހިތްވަރެއް ލިބިއްޖެ. ކުރިއަށް އޮތް ތަނުގައިވެސް މި ފަދަ އެއްބާރުލުން ލިބޭނެ ކަމަށް އަޅުގަނޑުމެން އުންމީދު ކުރަން،"

ނޫރާއްޖޭ ސައިޓް މެނޭޖަރ ފާތިމަތު ނިސްތަރާން ވިދާޅުވީ، ދުނިޔޭގެ އެންމެ ބޮޑޫ އޯޝަން ޔޫސް ސާރވޭ އަޅުގަނޑުމެންނަށް ހެދިފައި މި ވަނީ ރާއްޖޭގެ މުއައްސަސާތަކާއި، ތިމާވެށި ރައްކާ ކުރުމުގެ ޖަމިއްޔާތަކާއި އާންމު މުޖުތަމައުގެ ބައިވެރިވުމާއި އެއްބާރުލުން ފަރަށް ފުރިހަމައަށް ލިބިގެން ކަމަށެވެ. 

މި ސާވޭގައި ދެއްވި ސަޕޯޓަށް ނޫރާއްޖޭގެ ފަރާތުން ވަރަށް ބޮޑަށް ޝުކުރުވެރިވަން އަދި ކުރިއަށް އޮތް ތަނުގައި ލިބޭނެ ކަމަށްވެސް އުންމީދު ކުރައްވާ ކަމަށްވެސް ނޫރާއްޖޭ ސައިޓް މެނޭޖަރ ވިދާޅުވިއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *