ކްރިމިނަލް ކޯޓުގެ އިސް ޤާޒީގެ މަގާމަށާއި ޤާޒީކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
މި މަޤާމަށް ކުރިމަތި ލެވޭނީ ކްރިމިނަލް ކޯޓުގައި މިހާރުވެސް މަސައްކަތް ކުރާ ފަނޑިޔާރަކަށެވެ.
މިކަމަށް އެދި ހުށަހެޅޭނީ އެޕްރީލް 3 ވަނަ ދުވަހުގެ ނިޔަލަށް ޖޭއެސްސީގެ ފަހިރެސް ޕޯޓަލް މެދުވެރިކޮށެވެ.
ކްރިމިނަލް ކޯޓުގެ އިސް ޤާޒީގެ މަގާމަށް ކަނޑައަޅާފައިވާ މުސާރައަކީ 49،300 ރުފިޔާއެވެ.
އަދި ކްރިމިނަލް ކޯޓުގެ ޤާޒީކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވަނީ އޭޕްރީލް 4 ގެ ނިޔަލަށެވެ.
އެ މަޤާމު ހުސްވެފައިވަނީ ކުރިން ކްރިމިނަލް ކޯޓުގެ އިސް ޤާސީގެ މަގާމުގައކ ހުންނެވި ފަނޑިޔާރު އަހުމަދު ޝަކީލް މިމަހުގެ 13 ވަނަ ދުވަހު ހައިކޯޓުގެ ފަނޑިޔާރުކަމަށް އައްޔަނު ކުރުމާއި ގުޅިގެންނެވެ.