ދެފަރާތުގެ ދެމެދުގައި އުފެދިފައިވާ ހަމަނުޖެހުންތައް ހައްލުކޮށް ކުރިޔަށް މިއޮތް ބަރަކާތްތެރި ރަމަޟާން މަހާއި ދިމާކޮށް ހަނގުރާމަތައް ހުއްޓާލުމާއި ގުޅޭ މަޝްވަރާތަކަށް އިސްރާއީލާއި ފަލަސްތީނުގެ އޮފިޝަލުން މިސްރުގެ ރިސޯޓް ރަށެއް ކަމަށްވާ ޝަރަމުއް ޝެއިހްގައި ބައްދަލުކުރައްވައިފިއެވެ.

އާދިއްތަ ދުވަހު ދެ ގައުމުގެ އޮފިޝަލުން ބައްދަލުކުރައްވާފައިވާއިރު މިއީ ސަރަހައްދީ ވާގިވެރިން ކަމަށްވާ ޖޯޑަން އާއި މިސްރާއި އަދި އެމެރިކާގެ އެހީތެރިކަމާއެކު މިއީ މި ފަދަ ބައްދަލުވުމެއް ބާއްވަން މަސައްކަތްކުރި ދެވަނަ ފަހަރެވެ.

މިފަދަ ބައްދަލުވުމެއް ބާއްވަން މަސައްކަތްކުރީ200 އަށްވުރެ ގިނަ ފަލަސްތީނު ރައްޔިތުން ޝަހީދުކޮށްލުމާއި އިސްރާއިލުގެ 40 އަށްވުރެ ގިނަ މީހުން މަރުވެފައިވާ އަހަރަށް ދިގު ދެމިގެންދިޔަ ހަމަނުޖެހުންތައް ހުއްޓުމަކަށް ގެނައުމަށެވެ.

މިދިޔަ މަހުގެ ފަހުކޮޅުވެސް އިސްރާއީލާއި ފަލަސްތީނުން ވަނީ ބައްދަލުވުމެއް ބާއްވާ ދެ ފަރާތުގެ ދެމެދުގައިވާ ނުތަނަވަސްކަން ކުޑަކުރުމުގެ ވައުދުތަކެއް ވެފައެވެ. އެހެންނަމަވެސް ހަމަ އެ ދުވަހު އަނިޔާވެރި އަމަލުތައް އަލުން ފެށުނެވެ. 
އެ ފަހަރު ހަމަލާތައް ފެށުނީ އިސްރާއީލުން ހިފާފައިވާ ހުޅަނގު އައްސޭރީގައި ފަލަސްތީނުގެ ހަނގުރާމަވެރިއަކު  އިސްރާއީލުގެ ދެ މީހެއްގެ ގަޔަށް ބަޑިޖަހައި މަރާލުމުން އޭގެ ރައްދުގައި ޔަހޫދީ ވަޒަންވެރިން ފަލަސްތީނުގެ ރަށެއްގައި މުދާތައް ހަލާކުކޮށް، ފަލަސްތީނުގެ އެކަކު މަރާލުމާއި ގުޅިގެންނެވެ.
ދެގައުމުގެ އޮފިޝަލުން އެންމެ ފަހުން ބޭއްވި ބައްދަލުވުމަށް ފަހު ލޭއޮހޮރުވުން އިތުރުވެފައިވާއިރު، ދެވަނަ އިންސްޓޯލްމަންޓަށް ކުރާ އުންމީދުތައް ވަނީ ދަށްވެފަ އެވެ. އަދިވެސް މެދުވެރިން ބޭނުންވަނީ މި ހަފްތާގައި ފެށޭ މުސްލިމުންގެ ރަމަޟާން މަހުގެ ކުރިން ނުތަނަވަސްކަން ލުއިކުރުމަށެވެ.
މިސްރުގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު އަހުމަދު އަބޫ ޒައިދު ވިދާޅުވީ ހުކުރު ދުވަހުގެ ބައްދަލުވުމުގައި ކޮންމެ ފަރާތަކުން ވެސް "މަތީ ފެންވަރުގެ ސިޔާސީ އަދި ސަލާމަތީ އޮފިޝަލުން" ބައިވެރިވާނެ ކަމަށެވެ. އެމަނިކުފާނު ޓްވިޓާގައި ލިޔުއްވާފައިވާ ގޮތުގައި މި މަޝްވަރާތަކަކީ އިސްރާއީލާއި ފަލަސްތީނުގެ ދެމެދުގައި ހަމަޖެހުން ގާއިމްކުރުމަށާއި އެކަމަށް ތާއީދުކުރުމަށް ކުރާ މަސައްކަތުގެ ބައެކެވެ.
ފަލަސްތީނުގެ އޮފިޝަލް ހުސެއިން އަލް ޝެއިޚް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މި ބައްދަލުވުމަކީ ފަލަސްތީނާއި  ދެކޮޅަށް އިސްރާއީލުން ދެމިއޮތް މި އަނިޔާވެރިކަން ނިމުމަކަށް ގެނައުމަށް ޑިމާންޑް ކުރުމަށް ބާއްވާ މަޝްވަރާތަކެއް ކަމަށެވެ.
މިބައްދަލުވުމާ ގުޅޭގޮތުން އިސްރާއީލުން އަދި ވަކި އެއްޗެއް ނުބުނި ނަމަވެސް އިޒްރޭލުގެ މީޑިއާއަކުން ބުނެފައިވަނީ ސަލާމަތީ އިސް އޮފިޝަލުން ބައްދަލުވުގައި ބައިވެރިވެއެވެ.
0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *