އުއްޗުއާއެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން

ރައީސުލްޖުމްހޫރިއްޔާ އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެމްޕެއިން ޓީމުން ވިޔަފާރިވެރިޔާ ޗަމްޕާ މުހައްމަދު މޫސާ (އުއްޗު) އާއި ބައްދަލުކުރައްވައިފި އެވެ.

ރައީސް ސޯލިހުގެ ފަރާތްޕުޅުން އުއްޗުއާއި ބައްދަލުކުރައްވާފައިވަނީ އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕްގެ ލީޑަރު، ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމާއި ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒާއި ދުވާފަރު ދާއިރާގެ މަޖިލިސް މެމްބަރު އިސްމާއީލް އަހުމަދުއެވެ.

މި ބައްދަލުވުމާއި ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ރައީސް ސޯލިހުގެ ފަރާތްޕުޅުން ހާމަ ކުރައްވާފައެއް ނުވެއެވެ.

އުއްޗު ވަނީ ރައީސް ނަޝީދާއިވެސް ބައްދަލުކުރައްވާފައެވެ. އެބައްދަލުވުމާއި ގުޅޭ ތަފްސީލުވެސް އާންމުކޮށްފައެއް ނުވެއެވެ.

އެއްބުރުން ރިޔާސީ އިންތިހާބު 2023 ކާމިޔާބުކުރެއްވުމަށް ރައީސް ސޯލިހު ގެންދަވަނީ ކޯލިޝަން ހެއްދެވުމަށް ޕާޓީތަކުގެ ލީޑަރުންނާއި އެކު އަންނަނީ މަޝްވަރާ ކުރައްވަމުންނެވެ. އެގޮތުން އިއްޔެ ވަނީ އެމްއާރްއެމްގެ އިސް މެންބަރެއް ކަމުގައިވާ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ބައްދަލުކުރައްވާ ބައްދަލުކުރައްވާފައެވެ.

ރައީސް ސޯލިހާއެކު ކޯލިޝަން ހަދާނެކަމުގެ ޔަގީންކަން މިހާތަނަށް ދީފައިވަނީ އަދާލަތު ޕާޓީ އާއި މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) އިންނެވެ. ޖުމްހޫރީ ޕާޓީން ވަނީ ރިޔާސީ އިންތިޚާބުގައި ވަކިން ވާދަކުރުމަށް ނިންމާފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *