ހިޔާ ޖަމްއިއްޔާއިން ރައީސް އާއި ބައްދަލުކުރުން - ފޮޓޯ: ރައީސް އޮފީސް

ހިޔާ ރައްޔިތުންގެ ގުޅުން، މިނަމުގައި ހަރަކާތްތެރިވާ ޖަމްއިއްޔާއިން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އާއި ބައްދަލުކުރައްވާ ހިޔާ ކޮމިއުނިޓީގައި ހުރި ކަންބޮޑުވުންތައް ހިއްސާ ކުރައްވައިފިއެވެ.

އެ ޖަމްއިއްޔާގެ އިސްމެންބަރުންނާއި އެކު މިއަދު ބޭއްވެވި ބައްދަލުކުރެއްވުމުގައި ހިޔާ ޖަމްއިއްޔާއިން ރައީސްއަށް ދަންނަވާފައިވަނީ ފްލެޓްތަކުގެ ކުލި ކުޑަކޮށްދެއްވުމަށެވެ.

އެ ޖަމްއިއްޔާއިން ބައެއް މީޑިއާތަކަށް މައުލޫމާތު ދީފައިވާ ގޮތުގައި ރައީސް ވަނީ ކުލި ކުޑަކުރެވިދާނެ 3 ހުށަހެޅުމެއް ހުށަހަޅުއްވާފައެވެ.

އެގޮތުން ރައީސް ހުށަހެޅުއްވީ ބޭންކުތަކުން ލޯނު ނަގާފައިވާ ޕީރިއަޑް ކަމަށްވާ 5 އަހަރަށް ކުލި ކުޑަކޮށްދިނުން ނުވަތަ ކުލި ކުޑަކުރަން ޖެހޭ ފަދަ ހާލަތެއްގައި ހުރި ފަރާތެއް ނަމަ ކުލި ކުޑަކުރުމަށް ނުވަތަ ދައުލަތުން ހިޔާ ފްލެޓް ހެދުމަށް ނެގި ލޯނު 25 އަހަރުން ދައްކާ ގޮތަށް އޮތް އޮތުން 30 އަހަރަށް އިތުރުކޮށްފައި ދައުލަތުން އެ ބުރަ އުފުލާ ގޮތަށް ހުރިހާ ފްލެޓެއްގެ ކުލި ކުޑަކުރުމަށެވެ.

މި ތިން އޮފްޝަން ރައީސް ހުށަހެޅުއްވި ނަމަވެސް ހިޔާ ފްލެޓްތަކުގެ ކުލި ކުޑަކުރުމާއި މެދު ގޮތެއް ނިންމާނީ އިކޮނޮމިކް ކައުންސިލުގައި މަޝްވަރާ ކުރުމަށްފަހު ކަމަށް ރައީސް ވިދާޅުވި ކަމަށްވެސް ހިޔާ ޖަމްއިއްޔާއިން ބުނެއެވެ.

ކުރީ ސަރުކާރުން ހުޅުމާލޭގައި ތަރައްޤީކުރި 25 ބުރީގެ 16 ޓަވަރުގައި 7000 ފްލެޓް ގާއިމުކޮށްފައިވެއެވެ. އެއިން ކޮންމެ ފުލެޓަކަށް މަހު ކުލީގެ ގޮތުގައި ސަރުކާރަށް ދައްކަން ޖެހެނީ 8500 ރުފިޔާއެވެ. އެހެންނަމަވެސް ކުލި 5000 ރުފިޔާ ކުޑަކޮށްދިނުމަށް ގޮވާލާ ހިޔާ ކޮމިއުނިޓީން ވަނީ އެއްވުންތައްވެސް ބާއްވާފައެވެ.

0
0
0
0
1

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *