ހުޅުމާލޭގައި ޓެކްސީ ޑްރައިވަރު  ގާސިމް  ހަސަން މަރާލި މައްސަލާގައި ދައުވާލިބޭ އަދުހަމް މުހައްމަދުގެ މައްޗަށް ކުށް ސާބިތުވާކަމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.

ބޮޑެތި ޒަހަމްތަކަކާއެކު ގާސިމް މަރާލާފައި އޮއްވާ ފެނުނީ ހުޅުމާލެއިން2019 ވަނަ އަހަރުގެ ޑިސެމްބަރު 4 ގަ އެވެ. ގާސިމް މަރާލީ އޭނާ ދުއްވަން އިން ޓެކްސީގައި އަދުހަމް ފޭރެން ކުރި މަސައްކަތް ނާކާމިޔާބުވުމުންނެވެ.

ދައުލަތުން ބުނެފައިވާ ގޮތުގައި ގާސިމަށް އަދުހަމް ހަމަލާދިނީ އޭނާގެ އަތުން ފޭރެން އުޅުމުގެ ތެރޭގައެވެ. ގާސިމް މަރާލި މައްސަލައިގައި ދައުލަތުން އަދުހަމްގެ މައްޗަށް އުފުލީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުމުގެ ކުށުގެ ދައުވާއެވެ.

އެ މައްސަލާގައި ހުކުމް އިއްވަމުން  ގާޒީ ނަދީމް ވިދާޅުވީ، ގާސިމް މަރާލި ސަރަޙައްދުން ފެނުނު ވަޅިން، މި މައްސަލާގައި ދައުވާލިބޭ އަދުހަމް މުޙައްމަދުގެ ޑީ.އެން.އޭ ފެނިފައިވާތީ ވަޅި ހެރިކަމާއިމެދު އެއްވެސް ޝައްކެތް ނެތް މިންވަރަށް ޔަގީން ވެފައިވާކަމަށެވެ.

އަދި ހަމަ މިއާއިއެކު ގާސިމްގެ މަރާއި ގުޅިގެން ހެދި މެޑިކަލް ރިޕޯޓާއި، އަދި ލީގަލް ރިޕޯޓާއިމެދުވެސް އަދުހަމް ސުވާލު އުފައްދާފައިނުވާކަން ގާޒީ ފާހަގަކުރެއްވިއެވެ.

ގާސިމަށް ހަމަލާދިނުމުގައި މަރާލުމުގެ ގަސްދެއް ނެތްކަމަށް އަދުހަމް ބުނެފައިވާއިރު، އެކަމާ ގުޅިގެން ގާޒީ ވިދާޅުވީ، މެރުމުގެ ނިޔަތް އޮތްކަން ދެނެގަންނަނީ ބޭނުންކުރި ހަތިޔާރާއި ހަމަލާ އަމާޒު ކުރެވުނު ގުނަވަނަށް ބަލައިގެން ކަމަށެވެ. އެގޮތުން، ވަޅިއެއް މީހެއްގެ ކަރަށް އަމާޒު ކުރުމަކީ މެރުމުގެ ނިޔަތް އޮތްކަން ދެނެގަނެވޭނެ ކަމެއް ކަމަށާއި ހަމަލާއަށް ފަހު ގާސިމް އެހީއަށް އެދި ގޮވަމުންވެސް އެހީނުވެ ކުށުގެ ވެށިން ފިލާފައިވާތީ އެއީ ވެސް މެރުމުގެ ގަސްދު އޮތްކަން ދަލީލުކޮށްދޭ ކަމެއް ކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *