ރިޔާސީ އިންތިހާބަށް ކޯލިޝަން ހެދުމަށް މޯލްޑިވްސް ރިފޯމް މޫވްމެންޓް (އެމްއާރްއެމް)އާ އެކު އިތުރަށް މަޝްވަރާ ކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ނިންމަވައިފިއެވެ.
ރިޔާސީ އިންތިހާބާ ގުޅޭގޮތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވަނީ އެމްއާރްއެމްގެ ލީޑަރު ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާ މަޝްވަރާ ކުރައްވާފައެވެ.
މަޝްވަރާތަކާ ގުޅޭގޮތުން ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު "ޖަޒީރާ" އަށް ވިދާޅުވީ އެ ބައްދަލުވުން ކުރިއަށް ދިޔައީ ވަރަށް ރަނގަޅަށް ކަމަށާ މަޝްވަރާ ކުރީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބާ ގުޅޭ ގޮތުން ކަމަށެވެ.
މިއުވާން ވިދާޅުވީ ދެ ފަރާތުން ޓީމް ނަގައިގެން ކަމާ ގުޅޭ ގޮތުން އިތުރަށް މަޝްވަރާ ކުރުމަށް މި ބައްދަލުވުމުގައި މަޝްވަރާ ކުރެއްވި ކަމަށެވެ.
އެމްއާރްއެމްއިން ރިޔާސީ އިންތިހާބާ މެދު އަދި ގޮތެއް ނިންމާފައި ނުވެއެވެ.