ކުރެންދޫގައި ހައުސިން މަޝްރޫއެއް

ޅ. ކުރެންދޫގައި 50 ހައުސިން ޔުނިޓު އަޅަން އެސްޖޭ ކުންފުންޏާއި ހަވާލުކޮށްފިއެވެ.

މިމަޝްރޫއު އެސްޖޭއާއި ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެއްބަސްވުމުގައި ހައުސިން މިނިސްޓްރޫގެ ފަރާތުން ސޮއިކުރެއްވީ ހައުސިން ޑިޕާޓްމަންޓުގެ ޑިރެކްޓަރ ޖެނެރަލް އަހްމަދު ވިޝާން ނަސީމެވެ. އަދި އެސްޖޭގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ޑިރެކްޓަރ އަލްއުސްތާޛް ޝިހާދް އިބްރާހީމެވެ.

މި މަޝްރޫއަށް 95 މިލިއަން ރުފިޔާއަށްވުރެ ގިނައިން ޚަރަދުވާނެކަމަށް މިނިސްޓްރީން ލަފާކުރެއެވެ. މަސައްކަތް ނިންމުމަށް ހަވާލުކޮށްފައިވަނީ 270 ދުވަހުގެ ތެރޭގައެވެ.

ކުރެންދޫގައި 50 ހައުސިން ޔުނިޓު އެޅުމަށް ނިންމާފައިވަނީ 10 ބުރީގެ އެއް އިމާރާތުގައެވެ. އިމާރާތުގެ ތިރީގައި ވިޔަފާރިތަކަށް ކޮމާޝަލް އޭރިއާ އަދި ބިލްޑިން ސަރވިސް އޭރިއާ ހިމެނޭނެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *