ފުލުހުން

އިންސާނީ ވަގުފާރީގައި ޝާމިލްވާ މީހަކު ރާއްޖެއިން ހައްޔަރުކޮށްފިއެވެ.

ހައްޔަރުކޮށްފައިވަނީ އިންޑިޔާއަށް ނިސްބަތްވާ މީހެކެވެ. އެއީ އުމުރުން 20 އަހަރުގެ ވެންކަޓަރަމަނާ ޕައްލާ ނަމަކަށް ކިޔާ މީހެކެވެ.

ޕައްލާ ހައްޔަރުކޮށްފައިވަނީ ފުލުހުންނަށް ލިބުނު ރިޕޯޓަކާ ގުޅިގެންނެވެ. އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކުރިމިނަލް ކޯޓަށް ހާޒިރުކުރުމުން ވަނީ 15 ދުވަސް ބަންދަށް ޖަހާފައެވެ.

ކޯޓު އަމުރުގައި އެކަށީގެންވާ މިންވަރަށް އޭނައާއި ދެކޮޅަށް ހެކި ލިބިފައިވާކަމަށްވެއެވެ. އޭނާއާއެކު ގިނަ ބަޔަކު ބައިވެރިވެގެން ރާއްޖެއާއި ރާއްޖެއިން ބޭރުގައިވެސް ގިނަ އަދަދެއްގެ ކުށްތައް ހިންގަމުންދާކަމަށް ކޯޓު އަމުރުގައިވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *