ދައުލަތަށް ޚިދުމަތްކުރުމުގެ އިނާމަށް ކުރިމަތިލުމަށް ހުޅުވާލައިފިއެވެ.
މިއީ އާންމު ގޮތެއްގައި ކޮންމެ އަހަރަކުވެސް އެއަހަރެއްގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބާއްވާ ޖަލްސާގައި ދެމުން އަންނަ އެވޯޑެކެވެ.
މިއަހަރުގެ މިއެވޯޑަށް ކުރިމަތިލުމަށް ގެޒެޓުގައި ފޯމު ވަނީ ޝާއިއުކޮށްފައެވެ.
މިއިނާމު ލިބޭ ފަރާތްތައް ކަނޑައަޅާނީ ރައީސުލްޖުމްހޫރިއްޔާ އެކަމަށް ކަނޑައަޅުއްވާފައިވާ ޚާއްސަ ކޮމިޓީއަކުންނެވެ. އިނާމު ހާސިލްކުރާ ފަރާތްތަކަށް އައްޑަނައަކާއި، ޝަރަފުގެ ބެޖަކާއި ހަނދާނީ ލިޔުމެއް ރައީސުލްޖުމްހޫރިއްޔާ ދެއްވާނެއެވެ.
ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމު ދޭނީ، ދައުލަތުގެ މުއައްސަސާއެއްގައި ނުވަތަ ސަރުކާރުގެ
ކުންފުންޏެއްގައި ނުވަތަ ސަރުކާރުގެ މެޖޯރިޓީ ހިއްސާ އޮތް ކުންފުންޏެއްގައި ޚިދުމަތްކުރި ނުވަތަ
ޚިދުމަތްކުރާ މުވައްޒަފެއްގެ ނަން، އެ މުއައްސަސާއަކުން ނުވަތަ އެ ކުންފުންޏަކުން ނުވަތަ އެހެން
ފަރާތަކުން ނުވަތަ އެ މުވައްޒަފު އަމިއްލައަށް އިނާމަށް ނަން ހުށަހެޅުމުންނެވެ. މުއައްސަސާއަކުން
ނުވަތަ ކުންފުންޏަކުން މި އިނާމަށް މީހެއްގެ ނަން ހުށަހަޅާނަމަ، އެ މީހަކީ އެ މުއައްސަސާއެއްގައި
ނުވަތަ އެ ކުންފުންޏެއްގައި ޚިދުމަތްކުރި، ނުވަތަ ޚިދުމަތް ކުރަމުންގެންދާ މީހަކަށް ވާންވާނެއެވެ.
އިނާމު ދިނުމުގައި މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި، ޤާބިލުކަމާއި، ފަރުވާތެރިކަމާއި، އިޚްލާޞްތެރިކަމާއެކު
ކޮށްފައިވާ މަސައްކަތަށް، މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި، ޤާބިލުކަމާއި، ފަރުވާތެރިކަމާއި، އިޚްލާޞްތެރިކަމާއެކު ކޮށްފައިވާ މަސައްކަތަށް، އެ މުއައްސަސާއިން ހިންގައިފައިވާ އެކިއެކި ކަންކަމުގައި ޢަމަލީގޮތުން ބައިވެރިވެ ޚިދުމަތް ކޮށްފައިވާ މިންވަރު، ވަޒީފާގެ ދާއިރާއިން ހާސިލުކޮށްފައިވާ ކާމިޔާބީއަށް އަދި އެ މީހެއްގެ މައްޗަށް މަދަނީ ކުށެއްގެ ތުހުމަތެއް ނުވަތަ ޖިނާއީ ކުށެއްގެ ތުހުމަތެއް ކުރެވިފައިވޭތޯވެސް ބަލާނެއެވެ.
ގައުމީ އިނާމަށް އެދި ފޯމު ހުށަހެޅުމުގެ ސުންގަޑިއަކީ އެޕްރީލް 30 ވަނަ ދުވަހުގެ މެންދުރުފަހު 3:00 އެވެ.