ފުލުހުންގެ މައި އިދާރާ

ވިލިމާލެއިން ގެއްލިގެން ހޯދަމުންދިޔަ ކުޑަކުއްޖާ ފެނިއްޖެ ކަމަށް ފުލުހުން ބުނެފިއެވެ.

ވިލިމާލެއިން އުމުރުން 13 އަހަރުގެ  އަންހެން ކުއްޖަކު ގެއްލިގެން ފުލުހުންނަށް ރިޕޯޓްކުރީ، ހުކުރު ދުވަހުގެ ރޭ މެންދަމު 1:33 ހާއިރު ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ބުނީ ގެއްލިގެން ހޯދަމުން ދިޔަ ކުއްޖާ ހުޅުމާލެއިން ފެނިފައިވާ ކަމަށާ އެކުއްޖާގެ ހާލު ރަނގަޅު ކަމަށެވެ.

މިކަމާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެސް ފުލުހުން ވަނީ ބުނެފައެވެ.

0
1
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *