ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާންގެ މައްޗަށް ތުހުމަތު ކުރާ ކޮރަޕްޝަންގެ މައްސަލައަކާއި ގުޅިގެން ހައްޔަރު ކުރުމަށް ނެރެފައިވާ އަމުރު އެގައުމުގެ ކޯޓަކުން ބާތިލުކޮށްފި ކަމަށް އިމްރާންގެ ގާނޫނީ ވަކީލު ވިދާޅުވެއްޖެއެވެ.
އިމްރާން ޚާންގެ ޤާނޫނީ ޓީމުގައި ހިމެނިވަޑައިގަންނަވާ ވަކީލު، ފައިސަލް ފަރީދު ޗައުދްރީ އާއި ހަވާލާދީ އަލް ޖަޒީރާއިން ބުނީ ވެރިރަށް އިސްލާމްއާބާދުގެ ކޯޓުން އަޑުއެހުން ނިންމާލާފައިވަނީ މާރިޗް 30 ގައި ދެން އޮންނަ އަޑުއެހުމަށް ކުރީގެ ބޮޑުވަޒިރު ހާޒިވާން އަންގަވާފައެވެ.
ޗައުދްރީ ވިދާޅުވީ އިމްރާން ޚާން ހައްޔަރުކުރުމަށް ނެރުނު އަމުރު ކެންސަލް ކުރީ އޭނާ ކޯޓަށް ވަޑައިގެންނެވުމުން ކަމަށެވެ. ހޮނިހިރު ދުވަހު ޚާން ކޯޓަށް ހާޒިރުވެވަޑައިގެންނެވުމަށް ކާރުގައި ކޯޓުއިމާރާތުގެ ގޭޓާއި ހަމައަށް ވަޑައިގެންނެވި ކަމަށާއި، އެހެންނަމަވެސް ޕާކިސްތާން ތަހްރީކް-އީ-އިންސާފް (ޕީޓީއައި) ޕާޓީގެ ޚާންގެ ސަޕޯޓަރުންނާއި ފުލުހުންނާއި ދެމެދު ވަނީ ކުރިމަތިލުންތައް ހިނގާފައެވެ.
ޚާން އިންނެވީ އޭނާގެ ކާރުކޮޅުގައި ކޯޓުން ބޭރުގަ، ކޯޓަށް ވަދެވަޑައިގެންނެވުމަށް މަސައްކަތް ކުރެއްވީ. އެހެންނަމަވެސް ފުލުހުން ވަނީ އޭނާއަށް ކޯޓަށް ވަދެވަޑައިނުގެންނެވޭނެހެން ކުރެވެން ހުރި ހުރިހާ ކަމެއްކޮށް ހާލަތާއި ނުބައްދަލު ބާރުގު ބޭނުންކޮށްފައެވެ.
އަދި ހޮހިރު ދުވަހުގެ އިރާކޮޅު ލާހޯރުގައި އިމްރާންޚާން ދިރިއުޅުއްވާ ގެކޮޅުގެ މައި ގޭޓް ހަލަލުކޮށްލައިގެން ވަނީ ވަންނަން މަސައްކަތް ކޮށްފައެވެ. އެތަނުގައިވެސް ޚާންގެ ސަޕޯޓަރުން ވަނީ ފުލުހުންނާ ކުރިމަތިލާ ހަމަނުޖެހުންތައް ހިންގާފައެވެ. ފުލުހުން ބުނީ އެތަނުން 60 އަށްވުރެ ގިނަ މީހުން ހައްޔަރުކޮށްފައިވާ ކަމަށެވެ.
ޕަންޖާބް ޕޮލިސްގެ އިންސްޕެކްޓަރ ޖެނެރަލް، އުސްމާން އަންވަރު ވިދާޅުވީ ޚާންގެ ގެކޮޅު ބަލާފާސްކުރުމުގެ ތެރޭގައި ހަތިޔާރާއި ގިނަ އަދަދެއްގެ ވަޒަން ފެނިފައިވާ ކަމަށެވެ. އަދި ޕީޓީއައިގެ މުވައްޒަފުން ޙާންގެ ގެކޮޅުން ފުލުހުންނާއި ކުރިމަތިލާ ފުލުހުން ބޭރުކުރި ކަމަށްވެސް އަންވަރު ވިދާޅުވިއެވެ.
ޚާންގެ ގެކޮޅު ރެއިޑް ކުރުމަށް ފުލުހުންގެ ބޮޑު ފައުޖެއް އައީ ބޮޑެތި ހައިމާރުފަދަ ބަރު އުޅަނދާއި ފެން ޖަހާ ވެހިކަލްތަކާއި އެކުގައެވެ. ފޫޓޭޖްތަކުން ފެންނަ ގޮތުގައި ފުލުހުން ކްރޭން ބޭނުންކޮށްގެން ގޭގެ މައި ގޭޓް ފަޅާލައި، ގޭތެރެއަށް ވަދެއެވެ. އޭގެ ފަހުން ގޭތެރެއަށް ވަނުމަށް ދެކޮޅު ހަދަމުން ދިޔަ ޕީޓީއައިގެ މަސައްކަތްތެރިންނަށް ހުރަސްއަޅާ ފުލުން ވަނި އޭގެތެރެއިން ގިނަ ބަޔަކު ހައްޔަރުވެސް ކޮށްފައެވެ.
ޚާން ވަނީ އެ ރެއިޑް ކުށްވެރިކުރައްވާފައެވެ. އަދި ފުލުހުން އޭނާގެ ގެކޮޅު ރެއިޑް ކުރެއްވީ އަނބިކަނބަލުން އެކަނި ގޭގައި ހުންނެވި ވަގުތެއްގައި ކަމަށްވެސް ޚާން ވިދާޅުވިއެވެ. ޙާން ކުރެއްވި ޓްވީޓެއްގައި ވަނީ މިއީ ކޮން ގާނޫނެއްގެ ދަށުން ޕަންޖާބު ފުލުހުން އިސްވެ ތިބެ ކުރި ކަމެއްތޯ ސުވާލު އުފައްދަވާފައެވެ.
ޕަންޖާބު ފުލުހުން އިސްކޮށް ތިބެގެން ބުޝްރާ ބެގަމް އެކަނި ގޭގައި ހުއްޓާ، ޒަމާން ޕާކުގައި ހުންނަ އަހަރެންގެ ގެއަށް ހަމަލާދީފި. އެމީހުން މިކަން ކުރަނީ ކޮން ގާނޫނެއްގެ ދަށުން؟