ވަކި ކުޅިވަރެއް ބާކީނުކޮށް ރާއްޖޭގެ ކުޅިވަރުގެ ދާއިރާއަށް ބޮޑު  ބަދަލެއް ގެނެވިފައިވާ ކަމަށް ޔޫތް މިނިސްޓަރ،  އަހުމަދު މަހްލޫފު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މަހްލޫފް އެފަދައިން ވިދާޅުވީ، ރޭ ރޭ ސިންތަޓިކް ޓްރެކްގައި ބޭއްވި މޯލްޑިވްސް ސްޕޯޓްސް އެވޯޑްސްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެގޮތުން މިނިސްޓަރ ވިދާޅުވީ، ދިވެހި ކުޅިވަރުގެ ދާއިރާއަށް އިންގިލާބީ ބަދަލެއް އައިސްފައިވާ ވާހަކަ މޭގައި އަތްޖަހާލާއި ވަރަށް އުފަލާއިއެކު ބުނުއްވަން ކެރޭ ކަމަށެވެ. މިދިޔަ އަހަރަކީ  ދިވެހި ކުޅިވަރަށް ވަރަށް ބޮޑު ކުރިއެރުންތަކެއް ލިބުނު  އަހަރެއްކަމަށްވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މިނިސްޓަރު ވިދާޅުވީ ކުޅިވަރު ކުރިއެރުވުމަށް ހަމަހަމަކަމާއެކު މަސައްކަތްކުރާކަމުގެ ހެއްކަކީ ރާއްޖޭގައި ބައިނަލްއަގްވާމީ 9 މުބާރާތެއް ކާމިޔާބުކަމާއެކު ބޭއްވުންކަމަށާއި އަދި ކުޅިވަރުގެ ވަސީލަތްތައް ކުރިއެރުވުމަށް އަދުގެ ސަރުކާރުން ގިނަގުނަ މަސައްކަތްތަކެއް ކުރާ ކަމަށެވެ.

ކުޅިވަރުގެ ދާއިރާގައި ހަރަކާތްތެރިވާ އެތުލީޓުންނަށް ހާއްސަ  އަރުތަ ޕްރޮގްރާމްގެ ވާހަކަ ފާހަގަކުރަމުން މިނިސްޓަރ ވިދާޅުވީ، މީގެ ކުރިން، ރާއްޖެއިން ބޭރުގައި އެތްލީޓުންނަށް ތަމްރީނުވުމަށް ނެތް ފުރުސަތުތައް ހޯދައިދެވިފައިވާ ކަމަށެވެ.

ރާއްޖޭގެ ކުޅޭ ބައެއް ކުޅިވަރުތައް ކަމަށްވާ ފުޓްސަލްއާއި ބީޗުވޮލީ ރޭގެ ސްޕޯޓްސް އެވޯޑްސްގައި ނުހިމެނުނީ، އެ ކުޅިވަރުތަކުން ގައުމީ ފެންވަރުގެ މުބާރާތެއް ބޭއްވިފައިނުވާތީ ކަމަށްވެސް  މިނިސްޓަރ މަހްލޫފް ވިދާޅުވިއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *