އެޗްބީއޯ އިން ގެނެސްދިން ސީރީޒްއެއް ކަމަށްވާ "ދަ ވަޔަރ" އިން ބެލުންތެރިންގެ މެދުގައި މަގްބޫލުކަމެއް ހޯދި ތަރިން ލޭންސް ރެޑިކް ، 60 އ ކުއްލިގޮތަކަށް މަރުވެއްޖެއެވެ.
ބޭރުގެ މީޑިއާތަކުގައި ރިޕޯޓްކޮށްފައިވާ ގޮތުގައި މިއަދު އޭނާ މަރުވީ ކުއްލިގޮތަކަށެވެ. އެހެންނަމަވެސް ޑޮކްޓަރުން ބުނެފަްިވަނީ އެއީ ގުދުރަތީ މަރެއް ކަމަށެވެ.
ރެޑިކް މަރުވީ ލޮސް އެންޖެލެސްގައި އޭނާ ދިރިއުޅޭ ގޭގައެވެ.
ހޮލީވުޑްގެ ފިލްމް އިންޑަސްޓްރީގައި މަސައްކަތް ކުރާތާ 25 އަހަރުވެފައިވާ ރެޑިކް މަރުވުމުގެ ކުރިން ގެންދިޔައީ ޖޯން ވިކް ސީރަިޒްގެ 4 ވަނަ ބައި ރިލީޒްކުރުމަށް ތައްޔާރުވަމުންނެވެ. އެ ސީރީޒް ޕްރޮމޯޓްކުރުމަށް އޭނާ ގެންދިޔައީ މީޑިއާތަކަށް އިންޓަވިއުތައްވެސް ދެމުންނެވެ.
ރެޑިކްގެ ކުއްލި މަރާއިއެކު އޭނާގެ އާއިލާ އަދި ސަޕޯޓަރުން ތިބީ ސިހުމެއްގެތެރޭގައެވެ. އެތައް ބަޔަކު ދަނީ ސޯޝަލް މީޑިއާގައި އެކަމުގެ ހިތާމަ ފާޅުކޮށް އެކި ތައުޒިޔާގެ މެސެޖުތަކާއި އެކު ރެޑިކްގެ ހަނދާންތައް އާކުރަމުންނެވެ.