ޑރ. އަނާރާ ނައީމު، އަޔަން ލޭޑީ އެވޯޑާއި ހަވާލުވެވަޑައިގަންނަވަނީ

އިންޑިއާގެ އެޑިއުފާމް އިންޓަނޭޝަނަލް އެކަޑަމީ އާއި ސިންގަޕޫރުގެ އޭސިއީ އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޑެޓްގެ ފަރާތުން ބައިނަލްއަގްވާމީ މައިދާނުގައި ފާހަގަކޮށްލެވޭ އަންހެން ކަނބަލުންނަށް އަރުވާ އެވޯޑެއް ޑރ. އަނާރާ ނައީމްއަށް އަރުވައިފިއެވެ.

މި އެވޯޑް ޑރ. އަނާރާއަށް ލިބިވަޑައިގެންނެވީ މުޖުތަމައުގައި މީހުން ބާރުވެރިކުރުވާ ، މީހުންނަށް ކާމިޔާބު ހޯދުމަށް ހިތްވަރު ދެއްވުމާއި މުޖުތަމައުގެ ލާބައާއި ފައިދާއަށް އެކި ގޮތް ގޮތުން ފާހަގަކޮށްލެވޭ އަގުހުރި މަސައްކަތްތަކެއް ކޮށްދެއްވާފައިވާތީ ކަމަށް އެވޯޑް ދިން ފަރާތުން ބުނެއެވެ.

ޑރ. އަނާރާއަށް މި އެވޯޑް ހަވާލުކުރައްވާފައިވަނީ ބައިނަލްއަގްވާމީ އަންހެނުންގެ ދުވަސް ފާހަގަ ކުރުމަށް ރޭ ވިލާ ކޮލެޖްގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

 

މި އެވޯޑް ހަފްލާގެ ޝަރަފުވެރި މެހެމާނަކީވެސް ޑރ. އަނާރާއެވެ. މި ރަސްމިއްޔާތުގައި "އަޔަން ލޭޑީ އެވޯޑު' ޑރ. އަނާރާއަށް ލިބިވަޑައިގެންނެވި އިރު އެކަމަނާ އަކީ އިސްލާމް ދީނުގެ މައުލޫމާތު ފެތުރުއްވުމާއި އާންމުން ހޭލުންތެރި ކުރެއްވުން އަދި ރާއްޖޭގެ ޔުނިވަސިޓީތަކުގައި ދީނީ މައުލޫމާތު އެކުލެވޭ މޮޑިއުލްތަށް ކިޔަވައިދެއްވާ ލެކްޗަރަރއެކެވެ.

ކުރިން ހދ. މަކުނޫ ދާއިރާގެ މެންބަރުކަންވެސް ކުރައްވާފައިވާ އަނާރާ އަކީ ޓީވީ އާއި ރޭޑިއޯގެ ޒަރިއްޔާއިން ދީނީ ދަރުސްދެއްވުމާއި މައުލޫމާތު ބަދަލުކުރުމުގެ ސެޝަންތައްވެސް ނަންގަވާދެއްވާ ކަނބަލެކެވެ. އަދި ފޮތް ލިއުއްވާ ޝާއިއި ކުރުމާއި މަދަނީ ޖަމްއިއްޔާތަކާއި އަންހެން ކަނބަލުން އިންތޒިާމު ކުރާ ހަރަކާތްތަކުގައި އާންމުންގެ އިޖްތިމާއީ ނަފްސާނީ ދުޅަހެޔޮކަން އިތުރު ކުރުމާއި ގުޅޭ ދަރުސްތައް ދެއްވުމުގައިވެސް ފާހަގަ ކޮށްލެވޭ ކަނބަލެކެވެ.

ޑރ. އަނާރާގެ އިތުރުން އަޔަން ލޭޑީ އެވޯޑް ލިބިފައިވަނީ ޔޫއޭއީ، އިންޑިއާ، ބަނގްލަދޭޝް ގެ ފާހަގަކޮށްލެވޭ އަންހެން ކަނބަލުންނަށެވެ. 'އަޔަން ލޭޑި އެވޯޑް' މިއަހަރު 17 ފަރާތަކަށް ދީފައިވެއެވެ.

 

0
0
2
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *