ރާއްޖޭގައި ކުޅިވަރުގެ ދާއިރާއިން ދޭ އެންމެ މަތީ އެވޯޑް، މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް 2023' ގެ އެންމެ މޮޅު ފިރިހެން ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމު ހަމްޒާ މުހައްމަދު (ހަމްޕް) ހޯދައިފިއެވެ.

މިދިޔަ އަހަރުގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމު ހަމްޕު ހޯދީ އިބްރާހިމް އައިސަމް އާއި ހަސަން ރާއިފް އަހުމަދު އާއި ވާދަކޮށްގެންނެވެ. ޤައުމީ ޓީމުގައިވެސް މޮޅު ކުޅުމެއް ދައްކަމުން އަންނަ ހަމްޒާ ވަނީ މިދިޔަ އަހަރުގެ އެވޯޑްސް ހަފްލާގައިވެސް އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމު ހޯދާފައެވެ.

ޖެހިޖެހިގެން 2 ވަނަ އަހަރު މި މަގާމު ދިފާއު ކުރުމަށްފަހު ހަމްޕު ބުނީ މި އެވޯޑް އޭނާއަށް ކާމިޔާބުކުރެވުނީ އާއިލާއާއި ރަހުމަތްތެރިންނާއި އޭނާގެ ސަޕޯޓަރުންގެ ސަޕޯޓުގެ ސަބަބުން ކަމަށެވެ. އަދި އޭނާ ކުޅެމުން އަންނަ ކުލަބު ރާއްޖޭގެ އެންމެ ކާމިޔާބު ކްލަބު މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނަށް ހާއްސަ ޝުކުރެއް އަދާ ކުރާ ކަމަށާއި، އޭނާގެ ސަޕޯޓަރުންނަށް ވަރަށް ބޮޑަށް ޝުކުރު އަދާ ކުރަން ހަމްޒާ ބުންޏެވެ.

ސްޓްރައިކާ އަދި ވިންގާއެއްގެ މަގާމަށް މާޒިޔާއަށް ކުޅެމުން އަންނަ ހަމްޒާގެ ކާމިޔާބީތަކުގެ ތެރޭގައި ފާއިތުވި އަހަރު އޭނާ ވަނީ މާޒިޔާ އާއި އެކު އެފްއޭ ކަޕްގެ ޗެމްޕިއަން ޝީލްޑް އުފުލާފައެވެ. އަދި މިދިޔަ އަހަރު ހަމްޒާއާއި އެކު ލީގު ކާމިޔާބު ކުރީވެސް މާޒިޔާއިންނެވެ. ޤައުމީ ޓީމާއި މާޒިޔާގައިވެސް މޮޅު ކުޅުމެއް ދައްކަމުން އަންނަ ހަމްޒާއަކީ ކުޑަދުވަސްކޮޅެއްގެ ތެރޭގައި ކުރިއަރައިގެން ދިޔަ ފުޓްބޯޅަ ތަރިއެކެވެ.

 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *