ޕީޕީއެމް / ޕީއެންސީން މާލޭގައި ކުރި މުޒާހަރާއެއްގެ ތެރެއިން

މިދިޔަ ބުރާސްފަތި ދުވަހުގެރޭ މާލޭގައި ބޭއްވި އެއްވުމެއްގެ ތެރެއިން ފުލުހެއްގެ ގައިގައި ޖަހާ ފުލުހުންނަށް ހުރަސްއަޅާފައިވާތީ ހައްޔަރުކުރި ނޫސްވެރިޔާ ދޫކޮށްލާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ސޯޝަލްމީޑިއާގައި މިކަމާއި ގުޅިގެން ފުލުހުންނަށް ފާޑުކިއުން އަމާޒުވެފައިވަނިކޮށް މިއަދު ފުލުހުން ކުރި ޓްވީޓެއްގައި ވަނީ މާރިޗް 16 ވަނަ ދުވަހުގެ ރޭ މާލޭގައި ކުރިއަށް ގެންދިޔަ އެއްވުމެއްގައި ނޫސްވެރިއަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ވަނީ، މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންނަން މަސައްކަތްކުރި ވަގުތު ނޫސްވެރިޔާ އެކަމަށް ހުރަސް އަޅައި ފުލުހެއްގެ ގައިގައި ޖަހާފައިވާ މައްސަލައާ ގުޅިގެން ކަމަށެވެ.

އަދި އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް އިއްޔެ ކޯޓަށް ހާޒިރު ކުރުމުން ކޯޓުން އޭނާ ދޫކޮށްލާފައިވާ ކަމަށާއި މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުން ކަމަށެވެ.

ކޮންމެ ރެޔަކު މާލެތެރޭގައި ކުރިޔަށް ގެންދާ ސިލްސިލާ މާރާމާރީއަކީ ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން އިންތިޒާމުކޮށްގެން ކުރިޔަށް ގެންދާ އެއްވުންތަކެކެވެ.

މި އެންވުންތައް ކުރިޔަށް ގެންދަނީ އެ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލް ޤައްޔޫމުގެ މައްޗަށް މަނީލޯންޑްރިން އާއި ރިޝްވަތުގެ އަމަލު ހިންގާފައިވާކަން ސާބިތުވެ 11 އަހަރުގެ ޖަލު ހުކުމެއް އިއްވާ ޖަލަށް ލާފައިވާތީއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *