ހުޅުމާލޭ ފޭސް 2 ގައި އެސްޓީއޯ އިން ރަމަޟާން މަހަށް ތައްޔާރުކުރި "ރޯދަ މާޓް" ހުޅުވައިފިއެވެ.
ރޯދަ މާޓް ހުޅުވާފައިވަނީ އިއްޔެ ހަވީރު ބޭއްވި ރަސްމިއްޔާތެއްގައެވެ. އެ މާޓް ހުޅުއްވާދެއްވީ އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރ ހުސެއިން އަމްރު އާއި ސީއީއޯ މުހައްމަދު ރަޝާދު އަދި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރ އަހުމަދު އާތިފް އެވެ.
މިއީ ރޯދަމަހަށް ހާއްސަކޮށްގެން އެސްޓީއޯއިން ފިޔާ، އަލުވި، އަދި ބިސް ފަދަ ތަކެތި ވިއްކުމަށް ހަމަޖެހިފައިވާ މާޓެކެވެ.
އަދި އާންމުކޮށް އެސްޓީއޯގެ ފިހާރަތަކުން ލިބެން ހުންނަ ބާވަތްތަކުގެ މުދާ މި ތަނުންވެސް ލިބެން ހުންނާނެއެވެ. އަދި އެސްޓީއޯގެ ރެކްތައް ކުއްޔަށް ނަގައިގެން މުދާ ވިއްކާ ފަރާތްތަކުގެ މުދާވެސް ރޯދަ މާޓުން ލިބެން ހުންނާނެ ކަމަށް އެސްޓީއޯއިން ބުނެއެވެ.
އެސްޓީއޯގެ ރޯދަ މާޓް ހުޅުވާފައިވަނީ ވިނަރެސް ފްލެޓް-9 ގައެވެ. މި މާޓުން ހޯލްސޭލް އަދި ރީޓެއިލް ކޮށްވެސް މުދާ ގަންނަން ލިބޭނެ ކަމަށް އެސްޓޯއީއިން ބުނެއެވެ.