ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ، ގަތަރުގެ ހޯމް މިނިސްޓަރު ޝެއިހް ހަލީފާ ބިން ހައްމާދު ބިން ހަލީފާ އަލް ތާނީއާ ބައްދަލުކުރައްވައިފިއެވެ .

ހޯމް  މިނިސްޓަރު  މިހާރު  ދޯހާއަށް  ކުރައްވަމުން  ގެންދަވާ  ދަތުރުފުޅަކީ، "ގްލޯބަލް ސެކިއުރިޓީ ފޯރަމް" ގައި ބައިވެރިވެވަޑައިގަތުމަށް ކުރެއްވި ދަތުރުފުޅެކެވެ.

ގަތަރުގެ  ހޯމް  މިނިސްޓަރާއި  ބައްދަލުކުރައްވައި  ދެއްކެވި  ވާހަކަފުޅުގައި، ސެކިއުރިޓީއާ ގުޅޭ ކަންކަމުގައި އެހީތެރިވެ، އެ ދާއިރާ ތަރައްގީކުރުމަށް ދެ ގައުމު ގުޅިގެން ކުރެވިދާނެ ކަންކަމާ ގުޅޭ ގޮތުން މަޝްވަރާކުރެއްވި އެވެ.

މީގެއިތުރުން، ދެ ގައުމުގެ މަސްލަހަތާ ގުޅޭ އެކި މައްސަލަތަކާބެހޭ ގޮތުންވެސް ދެ ބޭފުޅުން މަޝްވަރާ ކުރެއްވިއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *