މެދުއިރުމަތީގައި ކުރިއަށް ގެންދާ އެންމެ ބޮޑު ޑައިވް އެކްސްޕޯގައި ދިވެހިރާއްޖެ އިޝްތިހާރުކޮށްފިއެވެ.
ދުބާއީގައި ކުރިއަށްދިޔަ ޑައިވް މެނާ އެކްސްޕޯގައި ރާއްޖެ ޕްރޮމޯޓްކުރުމަށް އެމްއެމްޕީއާރުސީން ވަނީ ނޭޝަނަލް ބޯޓިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސް ސްޕޮންސަރކޮށްފައެވެ.
އެމްއެމްޕީއާރުސީން ޑައިވް މެނާ އެކްސްޕޯ 2023 އަށް އެންބީއޭއެމް ސްޕޮންސަރ ކޮށްފައިވަނީ ރާއްޖޭގެ ޑައިވް އަދި ލިވަބޯޑު އިންޑަސްޓްރީގެ ހިދުމަތްތައް ދުނިޔޭގައި އިޝްތިހާރުކުރުމަށްޓަކައެވެ.
މި އިވެންޓަކީ ރާއްޖޭގެ ލިވަބޯޑްތައް އިޝްތިހާރުކޮށް ޕްރޮމޯޓްކުރުމަށާއި ރާއްޖޭގައި ފަތުރުވެރިންނަށް ބައިވެރިވެވޭނެ ތަފާތު ޑައިވް އެކްސްޕީރިއަންސްތައް ކިޔައިދީ، ބްރޭންޑް އެވެއަރނަސް އިތުރުކުރުމަށް ބާއްވާ އިވެންޓެކެވެ.
ޑައިވް މެނާ އެކްސްޕޯއަކީ 2008 ވަނަ އަހަރުން ފެށިގެން މިސަރަހައްދުގައި ބާއްވާ މުހިންމު ޑައިވް އިވެންޓްތަކުގެ ތެރެއިން އެއް އިވެންޓެވެ.