އެންޑޯމީޓްރިއޯސިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިފްތިތާހު ކުރމުގެ ތެރެއިން

ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ އެންޑޯމީޓްރިއޯސިސް ޑޭ ރާއްޖޭގައި ފުރަތަމަ ފަހަރަށް ފާހަގަ ކުރަން ނިންމައިފިއެވެ.

އެންޑޯމާޗް ޑޭ ފާހަގަކުރުމަށް ނިންމާފައި ވަނީ އެންޑޯމީޓްރިއޯސިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް އާއި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގުޅިގެންނެވެ.

ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ އެންޑޯމީޓްރިއޯސިސް ޑޭ އަކީ ކޮންމެ އަހަރެއްގެ ވެސް މާޗު މަހުގެ 18 ވަނަ ދުވަހެވެ. މި ދުވަހު މުޅި ދުނިޔޭގެ 50 އަށް ވުރެ ގިނަ ގައުމުގައި ހޭލުންތެރިކުރުމުގެ ހަރަކާތްތައް ބާއްވައެވެ. ފަހުގެ ދިރާސާތައް ދައްކާގޮތުން ކޮންމެ 10 އަންހެނެއްގެ ތެރެއިން އެކަކު ތަހައްމަލުކުރަމުންދާ މި ބައްޔާ މެދު ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން ރާއްޖޭގައި އަލަށް މި ދުވަސް ފާހަގަކުރުމަށް އެޗްޑީސީން ވަނީ ނިންމާފައެވެ.

ގައިންގަޔަށް ނާރާ ބަލިތަކަށް ހޭލުންތެރިކަން އިތުރުކުރުމަކީ އެޗްޑީސީގެ މި އަހަރުގެ އަމާޒުތައް ތެރޭގައި ހިމެނޭ އެއްކަމެވެ.

އެޗްޑިސީން ބުނީ މި މަހުގެ 18 ވަނަ ދުވަހުގެ ހަވީރު ޚާއްސަ ހިނގާލުމެއް ބޭއްވުމަށް ހަމަޖައްސާފައިވާ މި ހިނގާލުން ފެށޭނީ ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގެ ރުއްގަނޑު 1 ސަރަހައްދުން ކަމަށެވެ. ހަވީރު 16:00 އިން 18:00 އަށް ކުރިއަށްދާ މި ހިނގާލުމުގައި ވީހާވެސް ގިނަ ބަޔަކު ބައިވެރިވުމަށް އެޗްޑީސީން ވަނީ އެދިފައެވެ.

އެންޑޯމީޓްރިއޯސިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް އާއި އެޗްޑީސީން ގުޅިގެން މިފަދަ ހަރަކާތެއް ރާވާ އިންތިޒާމުކުރުމުގެ މައިގަނޑު މަގްސަދަކީ ރާއްޖޭގައި މި ބައްޔާ މެދު ހޭލތުންތެރިކަން އިތުރުކުރުން ކަމަށް އެކުންފުނިން ވަނީ ބުނެފައެވެ.

ރާއްޖޭގައި ވެސް މި ބަލި ތަހައްމަލުކުރަމުންދާ އެތައް ބަޔަކު މިހާރު ވެސް ތިބި އިރު، އަދިވެސް މި ބައްޔާ މެދު އާންމުންގެ މެދުގައި މައުލޫމާތު ހުރި މިންވަރާއި، މި ވާހަކަތަކަކީ ދައްކަން ނުކެރޭ ލަދުވެތި ވާހަކަތަކަކަށް ވެފައިވާކަމީ ކަންބޮޑުވުމެކެވެ. މިފަދަ ބަލި ބައްޔާ މެދު ހޭލުންތެރިވެ މި ބަލި ތަހައްމަލުކުރަމުންދާ މީހުންނާ މެދު އޯގާތެރިވެ އެހީތެރިވެދިނުމަށް އެޗްޑީސީން ވަނީ  އިލްތިމާސްކޮށްފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *