ހެޔޮކަމެއް ކުރެވޭނީ އިޚްލާސްތެރި ނިޔަތެއް އޮވެގެން ކަމަށް އަދާލަތު ޕާޓީގެ ރައީސް، ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.
މިނިސްޓަރ އިމްރާން މިފަދަ ޓްވީޓެއް ކުރައްވާފައި މިވަނީ ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީން ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ވެރިކަމުގެ ދެވަނަ ދައުރަކަށް ތާއީދު ނުކޮށް ވަކިން ރިޔާސީ އިންތިހާބުގައި ވާދަކުރަން ނިންމާފައިވާ ދަނޑިވަޅެއްގައެވެ.
އިމްރާން ވިދާޅުވީ ކިތަންމެ ގިނަ މަސައްކަތެއް ކުރިނަމަވެސް، އާޚިރުގައި ހެޔޮ ނަތީޖާއެއް ނުކުންނާނީ އިޚްލާޞްތެރިކަމާއެކު ކުރެވޭ މަސައްކަތުން ކަމަށެވެ. އެގޮތުން ހެޔޮކަމެއް ކުރެވޭނީ އިޚްލާސްތެރި ނިޔަތެއް އޮވެގެން ކަމަށް އިމްރާން ވިދާޅުވިއެވެ.
Kithanme gina masahkatheh kuriyas, ekamakun aakhirugai heyo natheejjaeh nikunnaanee ikhlaastherikamaaeku masahkaiy kurevigenneve. Heyo kameh kureveynee ikhlaastheri niyatheh ovegenneve.
— Imran Abdulla (@ShimranAb) March 17, 2023
އިމްރާން މިފަދަ ޓްވީޓެއް ކުރައްވާފައިވާއިރު އަދާލަތު ޕާޓިން ވަނީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ރައީސް ސޯލިހަށް ތާޢީދު ކުރުމަށް ނިންމާފައެވެ.
މިއަހަރުގެ ރިޔާސީ އިންތިޚާބު އަންނަ ސެޕްޓެމްބަރ މަހުގެ 9 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާއިރު ޕާޓީތަކުން މިހާރު ގެންދަނީ އިންތިޚާބަށް ތައްޔާރުވަމުންނެވެ.