ރަޖިސްޓްރީނުކޮށް ހިންގާ ސްކީމްތަކުން މާލީ ގެއްލުމެއް ލިބިފައިވާނަމަ ރިޕޯޓްކުރުމަށް ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ) އިން އަންގައިފިއެވެ.

ސީއެމްޑީއޭއިން ނެރުނު ބަޔާނެއްގައި ބުނީ އެ އިދާރާގެ ހުއްދަނެތި ފައިނޭންޝިއަލް ސެކިއުރެޓީޒްގެ މުއާމަލާތުގެ ތެރޭގައި ހިމެނޭ ކަމެއް ނުކުރެވޭނެކަން ކުރިން އަންގާފައިވާނެ ކަމަށެވެ.

އޮތޯރިޓީގައި ރަޖިސްޓްރީ ނުކޮށް ހިންގާ ސްކީމެއްގައި ބައިވެރިވެގެން އިންވެސްޓަރުންނަށް ގެއްލުމެއް ލިބިފައިވާނަމަ އެ އޮތޯރިޓީއަށް ޝަކުވާ ހުށައަޅަން މިދިޔަ އަހަރުގެ އޭޕްރީލް މަހުގައި ހުޅުވާލުމުން ލިބިފައިވާ ޝަކުވާތަކުގެ މައްސަލަތައް ބަލާ މިހާރު ތަހުގީގުކުރަމުންދާކަމަށްވެސް އިއުލާނުގައި ބުނެފައިވެއެވެ.

އަދި އެފަދަ ސްކީމެއްގައި ބައިވެރިވުމުގެ ސަބަބުން ގެއްލުން ލިބިފައިވާ ނަމަ މިމަހުގެ 30 ވަނަ ދުވަހުގެ ކުރިން ޝަކުވާ ހުށަހަޅަން ސީއެމްޑީއޭއިން ވަނީ އެދިފައެވެ.

ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީގެ މަގްސަދުތަކުގެ ތެރޭގައި، ދިވެހިރާއްޖޭގެ މާލީ ސެކިއުރިޓީޒްއާބެހޭ ގާނޫނުގެ ދަށުން ރާއްޖޭގެ ހިއްސާގެ ބާޒާރުގައި ރެގިއުލޭޓްކޮށް، ސެކިއިރުޓީޒްގެ ހިދުމަތް ފޯރުކޮށްދިނުމުގެ އެންމެހާ ހުއްދަތައް ދޫކުރުމާއި، އިންވެސްޓަރުންގެ މަސްލަހަތު ހިމާޔަތްކޮށް ރައްކާތެރިކުރުމަށްޓަކައި ސެކިއުރިޓީޒްގެ މުއާމަލާތުތަކުގައި ނޭދެވޭ އަމަލުތައް ކުރިޔަނުދިނުމާ، ސެކިއުރިޓީޒްގެ ބާޒާރާމެދު އިތުބާރު ގެންލޭފަދަ އަމަލު ހިންގިޔަ ނުދިނުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުން ހިމެނެއެެވެ.

ސީއެމްޑީއޭ އިން މީގެ ކުރިން ވަނީ ސޯޝަލް މީޑިއާގެ އެކިއެކި ވަޞީލަތްތައް މެދުވެރިކޮށް އިންވެސްޓްކުރުމަށް ލިބޭ ހުށަހެޅުންތަކާއި ދައުވަތުތަކާމެދު ގޮތެއް ނިންމުމުގެ ކުރިން، އެ ހުށަހެޅުން ހުށަހަޅާފަރާތަކީ ރާއްޖޭގައި ފަންޑާއި ސްކީމްތައް ހިންގުމުގެ ހުއްދަލިބިފައިވާ ނުވަތަ އެފަދަ ފަންޑުތަކަކީ އެ އޮތޯރިޓީގައި ރަޖިސްޓްރީކޮށްފައިވާ ފަރާތެއްތޯ ބެލުމަށްފަހު ނޫނީ އެއްވެސް ފަރާތަކުން އިންވެސްޓުނުކުރުމަށް ނަސޭހަތްތެރިވެފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *