އެސްޓީއޯއިން ރޯދަޔަށް ހާއްސަކޮށްގެން ގެނައި ފިޔާ، އަލުވި އަދި ބިސް ވިއްކާ އަގުތައް އިތުރަށް ހެޔޮކޮށްފި އެވެ.

އެސްޓީއޯއިން ވިއްކާ ފިޔާ، ބިސް އަދި އަލުވީގެ ހޯލްސޭލް އަގުތަކަށް އެންމެ ފަހުން ބަދަލު ގެނެސްފައިވަނީ މި މަހުގެ 9 ވަނަ ދުވަހުއެވެ.

އެސްޓީއޯ އިން ބުނީ ފިޔާ، އަލުވި އަދި ބިސް ކޭހުގެ އަގުން ފަހެއް އިންސައްތަ ހެޔޮ ކޮށްފައިވާ ކަމަށެވެ.

މި ބަދަލާއެކު މިހާރު ފިޔާ ބަސްތާއެއް 160 ރުފިޔާއަށް، އަލުވި ބަސްތާއެއް 240 ރުފިޔާއަށް އަދި ބިސް ކޭހެއް 280 ރުފިޔާއަށް ގަންނަން ލިބޭނެ ކަމަށް އެސްޓީއޯއިން ބުންޏެވެ. ކުރިން އެސްޓީއޯއިން ފިޔާ ބަސްތާއެއް ވިއްކީ 170 ރުފިޔާއަށެވެ. އަދި އަލުވި ބަސްތާއެއް 250 ރުފިޔާއަށް ވިއްކި އިރު، ބިސް ކޭހެއް ވިއްކީ 290 ރުފިޔާއަށެވެ.

ފިޔާ، ބިސް، އަދި އަލުވި ހޯލްސޭލްކޮށް ވިއްކާ އަގުތައް ހެޔޮކުރި ނަމަވެސް، ރީޓެއިލްކޮށް މި ތަކެތި ވިއްކާ އަގުތައް ހުރީ ކުރިއެކޭ އެއް އަގުތަކެއްގައެވެ. ރީޓެއިލްކޮށް އެސްޓީއޯ އިން އަލުވި ކިލޯއެއް 11ރ. އަށް މިހާރު ވިއްކާއިރު ފިޔާ ކިލޯއެއް 9ރ. އަށް އަދި ބިހެއް ވިއްކަމުން އަންނަނީ 1.75ރ. އަށެވެ.

އެސްޓީއޯ އިން ވަނީ މާލޭ އިންޑަސްޓްރިއަލް ޒޯން، ގްރޭޓަރ މާލެ ބަސް ޓާމިނަލުގެ ހުޅަނގުގައި އެސްޓީއޯ ހޯލްސޭލް ކައުންޓަރެއް ވެސް ގާއިމުކޮށްފަ އެވެ. މިއީ ރޯދަމަހަށް އެސްޓީއޯގެ މުދާ އާންމުންނަށް ފަސޭހަކަމާއެކު ފޯރުކޮށްދިނުމަށް އެޅިފައިވާ ފިޔަވަޅެއް ކަމަށް އެ ކުންފުނިން ބުނެ އެވެ.

މިއާ އެކީ އިންޑަސްޓްރިއަލް ޒޯންގައި ހުންނަ އެސްޓީއޯގެ ގުދަނުން މިހާރު ފައިސާބަލައިގަނެ، އިންވޮއިސް ހަދާ، އަދި މުދާ ދޫކުރެވޭނޭ ކަމަށެވެ. މީގެ އިތުރުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހުޅުވަން މަސައްކަތް ކުރަމުން އަންނަ ރޯދަ މާޓުން ވެސް މި ހުރިހާ ހިދުމަތެއް ލިބޭނޭކަމަށް އެސްޓީއޯއިން ބުނެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *