ފެނުމުން މަހުރޫމްވެފައިވާ މީހުންނަށް އަމިއްލައަށް ވޯޓްލުމުގެ ފުރުސަތު ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ހޯދައިދިނުމުގެ ގޮތުން އިންތިޚާބުތަކާއި ބެހޭ ޤާނޫނަށް އިސްލާހު ހުށަހަޅަން ތައްޔާރުވެއްޖެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވީ އިންތިޚާބުތަކުގައި ވޯޓުލާ ފަރާތްތަކުގެ ތެރެއިން ފެނުމުން މަހްރޫމްވެފައިވާ މީހުންނަށް އެހެން މީހެއްގެ އެހީތެރިކަމާއި ނުލާ ވޯޓު ކަރުދާހުގައި އަމިއްލައަށް ފާހަގަޖެހުމުގެ ފުރުސަތު ހަމަޖައްސުމަށް ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ރައްޔިތުންގެ މަޖިލީހަށް ފޮނުވުމަށް ނިންމާފައިވާ ކަމަށެވެ.

ޤާނޫނަށް މިއިސްލާހު ހުށަހަޅުމުގެ އެންމެ ބޮޑު ބޭނުމަކީ ފެނުމުން މަހްރޫމްވެފައިވާ މީހުންނަށް ވޯޓުގެ ސިއްރުކަން ކަށަވަރު ކުރެވޭނެ އުސޫލެއް ހަމަޖައްސައި ދިނުމެވެ.

ސަރުކާރުގެ ފަރާތުން ޤާނޫނަށް މިއިސްލާހު ހުށަހަޅާފައިވާއިރު، ފެނުމުން މަހްރޫމްވެފައިވާ މީހުންނަށް އަމިއްލައަށް ވޯޓު ލުމުގެ ހައްގު ހޯދުމަށްޓަކައި ކަމާއި ގުޅުންހުރި އިދާރާތަކާއި ބްލައިންޑް އެންޑް ވިޝުއަލީ އިމްޕެއާޑް ސޮސައިޓީ އޮފް މޯލްޑިވްސް އިން ވަނީ ބައްދަލުކޮށް އެކަމާ ގުޅޭގޮތުން މަޝްވަރާތައް ބާއްވާފަ އެވެ.

އިންތިޚާބުތަކާއި ބެހޭ އާންމު ޤާނޫނަށް މި އިސްލާހު ހުށަހަޅާފައިވާއިރު، މަޖިލީހުގައި މިހާރުވެސް މިބިލަށް ހުށަހެޅުނު އެހެން އިސްލާހުތަކެއްގެ މަސައްކަތް ކުރިއަށްދާކަން ފާހަގަކޮށްލެވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *