އެމްޓީސީސީން ތަރައްގީކުރަމުން އަންނަ ތިން އެއަރޕޯޓެއްގެ ރަންވޭގައި ތާރު އެޅުމުގެ މަސައްކަތް ކުރިއަށް އޮތް ފަސް މަސް ދުވަހުގެ ތެރޭގައި ފަށާނެ ކަމަށް އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

އެމްޓީސީސީން ހެދި ގދ. ފަރެސްމާތޮޑާ އެއާޕޯޓު ހުޅުވުމަށް ރޭ ބޭއްވި ޖަލްސާގައި އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ މ. މުލީ އެއާޕޯޓުގެ ރަންވޭއާއި ފ. މަގޫދޫ އެއާޕޯޓުގެ ރަންވޭއާއި އަލިފުށީ އެއާޕޯޓުގެ ރަންވޭގައި ތާރު އުޅުމުގެ މަސައްކަތް ފަސް މަސް ދުވަހުގެ ތެރޭގައި ފަށާނެ ކަމަށެވެ.

އާޒިމް ވިދާޅުވީ ރައީސް ސޯލިހު ވެގެންދާނީ ދައުރެއްގެ ތެރޭގައި 6 އެއާޕޯޓް ތަރައްގީކޮށް، ހުޅުވާ ފުރަތަމަ ރައީސަށް ކަމަށެވެ.

އާޒިމް ވިދާޅުވީ މި ސަރުކާރުން ހއ.ހޯރަފުށީ އެއާޕޯޓާއި، ގދ.ފަރެސްމާތޮޑާ އެއާޕޯޓްގެ އިތުރުން މާވުރުލު އެއާޕޯޓް ތަރައްގީ ކޮށްފައިވާ ކަމަށާއި، ފ.މަގޫދޫ އެއާޕޯޓާއި، މ.މުލީ އެއާޕޯޓުގެ އިތުރުން ރ.އަލިފުށީ އެއާޕޯޓްގެ މަސައްކަތް މި އަހަރު ނިންމާލެވޭނެ ކަމަށެވެ.

މުލީ އެއާޕޯޓްގެ ރަންވޭގެ ތާރު އެޅުމުގެ މަސައްކަތް އެޕްރީލް މަހު ފެށުމަށް ނިންމާފައިވާއިރު، ފ.މަގޫދޫ އެއާޕޯޓްގެ ރަންވޭގައި ތާރު އެޅުމުގެ މަސައްކަތް އަންނަ ޖޫން މަހު ފަށާނެ ކަމަށް އާޒިމް ވަނީ ވިދާޅުވެފައެވެ އަދި ރ.އަލިފުށީ އެއާޕޯޓްގެ ރަންވޭގައި ތާރު އެޅުމުގެ މަސައްކަތް އަންނަ އޯގަސްޓް މަހުގެ ތެރޭގައި ފެށޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެއިތުރުން އާޒިމް ވިދާޅުވީ، ހދ.ކުޅުދުއްފުށީ އެއާޕޯޓްގައި ރޭގަނޑު ފްލައިޓް ޖެއްސޭ ގޮތަށް ލައިޓް ހަރު ކުރުމަށް ކުރަން ޖެހޭ މަސައްކަތް ކުރަމުން އަންނަ ކަމަށާއި، ރަންވޭގެ ޝޯ ޕްރޮޓެކްޝަންގެ މަސައްކަތް އަންނަ އެޕްރީލް މަހު ނިންމާލެވޭނެ ކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *