ތަރުޖަމާން މިއުވާން މުހައްމަދު

ސަރުކާރުގެ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީ (ޖޭޕީ) އާއި ނުލާވެސް މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ކާމިޔާބު ކުރައްވާނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު ވިދާޅުވެއްޖެ އެވެ.

މިއަހަރުގެ ރިޔާސީ އިންތިހާބުގައި ކޯލިޝަން ހަދަން ރައީސް ސޯލިހު ދެއްވި ދައުވަތު ގަބޫލުނުކޮށް ޖޭޕީން ވަނީ ރިޔާސީ އިންތިހާބުގައި ވަކިން ވާދަކުރަން ނިންމާފަ އެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިއުވާން ވިދާޅުވީ ޖޭޕީން ވަކިން އިންތިހާބުގައި ވާދަކުރުމަކީ ރައީސަށް ޗެލެންޖެއް ނޫން ކަމަށާއި ރައީސާއެކު ކުރިއަށް ވަޑައިގަންނަވަން ބޭނުންވާ ބޭފުޅުންނާއެކު މި އިންތިހާބު އެމަނިކުފާނަށް ކާމިޔާބު ކުރެއްވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ. އަދި ކޯލިޝަނުގެ ތެރޭގައި ދެ ރިޔާސީ ކެންޑިޑޭޓުން ތިބެގެން ސަރުކާރު ހިންގަން ދަތިވާނެ ކަމަށާއި ޖޭޕީން ރިޔާސީ ކެންޑިޑޭޓަކު ނެރެފި ހާލަތެއްގައި ގާސިމާއެކު ރައީސް މަޝްވަރާ ކުރައްވާނެ ކަމަށް މިއުވާން ވިދާޅުވި އެވެ.

ރައީސަށް ޗެލެންޖަކަށް ނުވާނެ. ރައީސާ ބައިވެރިވެވަޑައިގެން ކުރިއަށް ވަޑައިގަންނަވާ ބޭފުޅުންނާ އެކު ރައީސަށް މި އިންތިހާބު ކާމިޔާބުކުރެވޭނެ ކަމުގެ ޔަގީންކަން އެބައޮތް،"

ރައީސް ސޯލިހާއެކު ކުރިއަށްދާން އަދާލަތު ޕާޓީއާއި އެމްޑީއޭ އިން ވަނީ ނިންމާފައެވެ. ކޯލިޝަންގައި ދެން ހިމެނޭ އެމްއާރްއެމް އިން ވެސް އަދި ވަކި ގޮތެއް ނިންމާފައި ނުވެއެވެ.

0
0
0
0
1

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *