އެޗްޑީސީ

ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ބިމެއް އޮޅުވާލައިގެން ވިއްކާފައި ނުވާ ކަމަށާއި، ހިޔާނަތްތެރިވި މުވައްޒަފު ހިންގާފައިވަނީ ރިޝްވަތުގެ މުއާމަލާތެއް ކަމަށް އެޗްޑީސީން ބުނެފިއެވެ.

އެޗްޑީސީން މިހެން ބުނެފައިވަނީ އިއްޔެ މީޑިއާތަކުގައި އެޗްޑީސީގެ ބިމެއް 1 މިލިއަން ރުފިޔާގެ ރިޝްވަތު ނަގައިގެން ތިލަފުށިން ބިމެއް ވިއްކި އެޗްޑީސީގެ މުވައްޒަފަކު ސަސްޕެންޑް ކުރިކަމަށް ބުނެ ލިޔެފައިވާ ހަބަރުތަކާއި ގުޅިގެން މިއަދު ނެރެފައިވާ ނޫސް ބަޔާނެއްގައެވެ.

އެޗްޑީސީން ބުނީ އެ ކޯޕަރޭޝަންގެ މުވައްޒަފަކު އުސޫލުތަކާއި ހިލާފަށް އޮޅުވާލައިގެން އަމިއްލަ ފަރާތަކަށް ބިމެއް ދޭނެ ކަމަށްބުނެމަންފާއެއް ހޯދުމަށް މަސައްކަތް ކުރާކަން ފާހަގަވި ހިސާބުން އެ މައްސަލަ ބަލާ ވަގުތުން އެ މުވައްޒަފު ވަގުތުން ސަސްޕެންޑްކޮށްފައިވާ ކަމަށެވެ.

ކަސްޓަމަރަށް އޮޅުވާލައިގެން ފައިސާގެ މުއާމަލާތެއް ކޮށް އެ މުވައްޒަފުގެ އަމިއްލަ ބޭންކް އެކައުންޓަށް ފައިސާޖަމާކޮށްފައިވާކަން މި މައްސަލައިގެ ތަހުގީގުގައި ފާހަގަ ކުރެވިފައިވާ ކަމަށް އެޗްޑީސީން ބުނެއެވެ.

އަދި އެޗްޑީސީން ފައިސާގެ އެއްވެސް މުއާމަލާތެއް އަމިއްލަ މުވައްޒަފެއްގެ ބޭންކު އެކައުންޓެއް މެދުވެރިކޮށް ނުކުރާނެ ކަމަށް އެކޯޕަރޭޝަނުން ބުނެއެވެ. އެޗްޑީސީން ވަނީ މިކަމަށް އާންމުން ސަމާލުވުމަށް ނަސޭހަތްތެރިވެފައެވެ.

އެޗްޑީސީ އިން ބުނީ މި މައްސަލައިގައި އެއް މިލިއަން ރުފިޔާގެ ބިމެއް ވިއްކާފައިވާކަމަށް މީޑިއާގައި ޝާއިއު ކޮށްފައިވާ މައުލޫމާތަކީ ދޮގު މައުލޫމާތެއް ކަމަށެވެ. އެ މުވައްޒަފަށް އުސޫލުތަކުގެ ތެރެއިން ބިމެއް ވިއްކުމުގެ ފުރުސަތެއްވެސް ނޯންނާނެ ކަމަށާއި، ބިން ބިއްކުމުގެ އުސޫލުތަކާއި ހަމަތައް ކަނޑައެޅިފައިވަނީ ހަރުދަނާ ދެފުށް ފެންނަ އުސޫލެއްގެ ދަށުން ކަމަށްވެސް އެޗްޑީސީން ބުނެއެވެ.

 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *