ރައީސް ދެއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން -- ފޮޓޯ: ރައީސް އޮފީސް

ސެޕްޓެމްބަރު 9 ގައި ބާއްވާ މިއަހަރުގެ ރިޔާސީ އިންތިހާބު ކަވަރުކުރުމުގައި ނޫސްވެރިންނަށް އޮތް ފުރުސަތު ހަނިވާތީ ޓްރާންސްޕޭރެންސީ މޯލްޑިވްސް އާއި މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަނުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

އިންތިހާބު ކަވަރު ކުރުމުގައި ހަރަކާތްތެރިވެވޭނީ ހަމައެކަނި ރަޖިސްޓާރ ކޮށްފައިވާ ނޫސްވެރިންނަށް ކަމަށް ބަޔާންކޮށް އާންމު އިންތިހާބުތަކާއި ބެހޭ ގާނޫނަށް ސަރުކާރުގެ ފަރާތުން ވަނީ އިސްލާހެއް ހުށަހަޅާފައެވެ. މި އިސްލާހު ހުށަހެޅުއްވީ ހެންވޭރު އުތުރު ދާއިރާގެ މެންބަރު އިބްރާހިމް މުއިއްޒުއެވެ.

އެ އިސްލާހުގައި ބުނެފައިވަނީ އިންތިހާބުގެ ވޯޓު ނަގާ ދުވަހު ވޯޓުލުމުގެ ކަންކަން މޮނިޓާކުރުމަށް ވޯޓޫލާ ސަރަހައްދުގައި ހަރަކާތްތެރިވެވޭނީ ހަމައެކަނި އިލެކްޝަންސް ކޮމިޝަން އިން ހުއްދަ ދޫކޮށްފައިވާ ނޫސްވެރިންނަށް ކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *